ހުޅުމާލެ ހޮސްޕިޓަލުގެ ޚިދުމަތްތައް އިތުރަށް ފުޅާކޮށް ފެންވަރު މަތިކުރުމުގެ ގޮތުން، އެ ހޮސްޕިޓަލުގައި މުޅިން އަލަށް ތިން ސްޕެޝަލިސްޓް ޚިދުމަތެއް ރަސްމީކޮށް ތަޢާރަފްކޮށްފިއެވެ.
މިއަދު ފެށިގެންދިޔަ މި ޚިދުމަތްތަކުގެ ތެރޭގައި ހިމެނެނީ ގޭސްޓްރޯއެންޓެރޮލޮޖީ (ބަނޑާއި ގޮހޮރުގެ ބަލިތައް)، ނިއުރޮލޮޖީ (ނާރުގެ ބަލިތައް) އަދި ޔޫރޮލަޖީ (ކުޑަކަމުދާ ނިޒާމުގެ ބަލިތައް) ގެ ޚިދުމަތެވެ. މި ޚިދުމަތްތައް ރަސްމީކޮށް އިފްތިތާޙުކޮށްދެއްވީ ސިއްޙަތާއި ޢާއިލާއާއި އިޖުތިމާއީ އެހީއާ ބެހޭ ވަޒީރު ޤީލާ އަލީއެވެ.
މި ޚިދުމަތްތައް ތަޢާރަފްކުރުމާއެކު ހުޅުމާލެ ހޮސްޕިޓަލުގައި ވަނީ ޚާއްޞަ ނިއުރޯ ސައިންސް ޔުނިޓެއްވެސް ޤާއިމުކޮށްފައެވެ.
ޚިދުމަތްތައް ފައްޓަވައިދެއްވުމަށްފަހު ދައުލަތުގެ މީޑިއާއަށް މަޢުލޫމާތު ދެއްވަމުން ވަޒީރު ޤީލާ އަލީ ވިދާޅުވީ، ހުޅުމާލޭގައި މި ޚިދުމަތްތައް ފެށުމުގެ މައިގަނޑު މަޤްޞަދަކީ އައިޖީއެމްއެޗްގެ ވެއިޓްލިސްޓް ކުޑަކޮށް، އެ ހޮސްޕިޓަލަށް އޮތް ބާރުބޮޑުވުމަށް ހައްލެއް ހޯދައިދިނުން ކަމަށެވެ.
އަދި ސަރުކާރުގެ ހޮސްޕިޓަލްތަކުން ފަސޭހަކަމާއެކު ސްޕެޝަލިސްޓް ޚިދުމަތްތައް ލިބޭނެ އިންތިޒާމު ހަމަޖައްސަވައި، ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ކުރަންޖެހޭ ދަތުރުތައް މަދުކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ މުހިންމު އަމާޒެއްކަން ވަޒީރު ފާހަގަކުރެއްވިއެވެ.
މާލޭ ގުރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހީމް އަބްދުއްރައްޒާޤް ޙަލީމް ވިދާޅުވި ގޮތުގައި، މީގެ ކުރިން ހުޅުމާލޭގެ ރައްޔިތުން މިފަދަ ޚިދުމަތްތައް ހޯދުމަށް ދާންޖެހެނީ އައިޖީއެމްއެޗް ނުވަތަ ދަރުމަވަންތަ ހޮސްޕިޓަލަށެވެ.
ނަމަވެސް މިހާރު ހުޅުމާލެ ހޮސްޕިޓަލުން ނިއުރޯ ކޮންސަލްޓޭޝަނާއި އީއީޖީ ހެދުމުގެ ޚިދުމަތުގެ އިތުރުން، ޔޫރޮލަޖީ ކޮންސަލްޓޭޝަނާއި ޔޫރޯފްލޯމެޓްރީ ޓެސްޓުތައް އަދި ގޭސްޓްރޯ ކޮންސަލްޓޭޝަން ލިބެން ހުންނާނެއެވެ.
މީގެއިތުރުން، ކުރިއަށް އޮތް ތަނުގައި ގޭސްޓްރޯގެ އެންޑޯސްކޯޕީއާއި ކޮލޯނޯސްކޯޕީގެ ޚިދުމަތް ފެށުމަށްވެސް ވަނީ ރޭވިފައެވެ.
އަލަށް ހުޅުވި ނިއުރޯ ސައިންސް ޔުނިޓުގެ އީއީޖީ ޚިދުމަތް ރަސްމީ ގަޑިތަކުގައި ފޯރުކޮށްދެވޭއިރު، މެންދުރު 2:00 އާ ހަމައަށް ނަންނޯޓު ކުރުމުގެ ފުރުޞަތު އޮންނާނެއެވެ. އަދި އިމަޖެންސީ ހާލަތްތަކުގައި 24 ގަޑިއިރު މި ޚިދުމަތް ލިބޭނެ ގޮތް ވަނީ ހަމަޖެހިފައެވެ.
ފާއިތުވި ދެ އަހަރަރަކާއި ބައިގެ ތެރޭގައި ހުޅުމާލެ ހޮސްޕިޓަލުގެ ޖާގައިގެ ދަތިކަން ހައްލުކޮށް ޚިދުމަތް ފުޅާކުރުމަށް ބޮޑެތި މަސައްކަތްތަކެއް ކޮށްފައިވާއިރު، އޭގެ ތެރޭގައި 4 އޮޕަރޭޓިންގ ރޫމުގެ ތިއޭޓަރު ކޮމްޕްލެކްސްއަކާއި، 10 އެނދުގެ އައިސީޔޫއެއްގެ އިތުރުން 14 އެނދުގެ ނިއޯނޭޓަލް އައިސީޔޫއެއް ޤާއިމުކުރުން ހިމެނެއެވެ. ސަރުކާރުން ވަނީ 16 ނޮވެމްބަރު 2024 ގައި ހުޅުމާލެ ހޮސްޕިޓަލް ޓަރޝަރީ ފެންވަރަށް ރަސްމީކޮށް ބަދަލުކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު