މިދިޔަ ހޮނިހިރު ދުވަހުގެ ރޭ ހުޅުމާލެ ފޭސް ދޭއްގައި ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި އަނިޔާވި އުމުރުން 9 އަހަރުގެ އަންހެންކުއްޖާ ނިޔާވީ، ކޮންޓްރޯލް ނުވެ ދުއްވާފައި އައި އެހެން ކާރަކަށް ކުއްލިއަކަށް މަޑުކުރަން ފުރުސަތު ނުލިބި، އެ ކުއްޖާގެ ގައިމައްޗަށް ކާރު އަރައިގެން ކަމަށް ތަހުގީގަށް ބެލެވޭ ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ހާމަކޮށްފިއެވެ.
ފުލުހުން މީޑިއާތަކާ ހިއްސާކުރި މައުލޫމާތުގައި ބުނެފައިވަނީ، މި ހާދިސާ ހިނގާފައިވަނީ 2026 އޯގަސްޓް 29 ވީ ހޮނިހިރު ދުވަހުގެ ރޭ 21:04 އެހައިކަންހާއިރު، ހުޅުމާލެ ފޭސް 2 ގެ ހިތިގަސްމަގު، ވިނަރެސް ޓަވަރު 7 ކައިރީގައި ކަމަށެވެ.
އެ ސަރަހައްދުގެ ސީސީޓީވީ ވީޑިއޯ ފުޓޭޖާއި އެކްސިޑެންޓް ސީންގެ ތަހުގީގުން މިހާތަނަށް އެނގިފައިވާ ގޮތުގައި، މި އެކްސިޑެންޓް ހިނގަން މެދުވެރިވީ މަގުގެ އެއްފަރާތުގައި މަޑުކޮށްފައި އޮތް ކާރެއްގެ ޑްރައިވަރު އެ ކާރަށް އަރަން އުޅުމުގެ ތެރޭގައެވެ. އެވަގުތު އެ ކާރު އޯވަޓޭކް ކުރަން ދިޔަ ސައިކަލު އެ ޑްރައިވަރުގެ ގައިގައި ޖެހި، ކޮންޓްރޯލުން ނެއްޓިގެން މަގުގެ ކަނާތްފަރާތު ލޭނަށް ވެއްޓުނީއެވެ.
އަދި ސައިކަލު ވެއްޓުނު ވަގުތު، އެ ލޭނުން ދުއްވާފައި އައި އެހެން ކާރަކަށް ކުއްލިއަކަށް މަޑުކުރަން ފުރުސަތު ނުލިބި، ސައިކަލުން މަގުމައްޗަށް ވެއްޓުނު 9 އަހަރުގެ ކުއްޖާގެ ގައިގައި ޖެހި ނުވަތަ އެ ކުއްޖާގެ ގައިމައްޗަށް ކާރު އަރާފައިވާ ކަމަށް ތަހުގީގަށް ވަނީ ފާހަގަކުރެވިފައެވެ. ފުލުހުން ބުނީ މިކަން އިތުރަށް ކަށަވަރުކުރުމަށްޓަކައި ކުރަންޖެހޭ ފޮރެންސިކް ތަހުލީލުތައް މިހާރު ކުރިއަށްދާ ކަމަށެވެ.
މި އެކްސިޑެންޓުގައި ސީރިއަސް އަނިޔާތަކެއް ލިބުނު އެ ކުއްޖާއަށް އައިޖީއެމް ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށް ނިޔާވެފައިވަނީ 2026 ސެޕްޓެމްބަރު 1 ވަނަ ދުވަހުގެ ފަތިހުގެ ވަގުތެއްގައެވެ.
ފުލުހުން އިތުރަށް ބުނެފައިވަނީ، މި މައްސަލައާ ގުޅިގެން އެކްސިޑެންޓުގައި ހިމެނޭ ތިން އުޅަނދު މިހާރު ޓޯވ ކޮށްފައިވާ ކަމަށާއި، އެ އުޅަނދުތައް ދުއްވި ތިން މީހުންގެ ލައިސަންސް ވެސް ހިފަހައްޓާފައިވާ ކަމަށެވެ. މީގެއިތުރުން، މަގުމަތީގައި މަޑުކޮށްގެން އޮތް ކާރުގެ ޑްރައިވަރަކީ ކުރިންވެސް ލައިސަންސް ހިފަހައްޓާފައި ހުރި މީހަކަށް ވާތީ، ޤަވާއިދާ ޚިލާފަށް އުޅަނދު ދުއްވި މައްސަލައިގައި އޭނާ ޖޫރިމަނާކޮށް، ގާނޫނީ ފިޔަވަޅު އަޅާފައިވާ ކަމަށް ފުލުހުން މަޢުލޫމާތު ދެއެވެ.
މި މައްސަލަ ދިވެހި ފުލުހުންގެ ޚިދުމަތުން ދަނީ ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި އިތުރަށް ތަހުގީގު ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު