މި އަހަރުގެ މިހާތަނަށް ދިވެހި ފުލުހުންގެ ޚިދުމަތަށް ރިޕޯޓުކޮށްފައިވާ މައްސަލަތަކުގެ ތެރެއިން ދެވަނައަށް އެންމެ ގިނައީ މަގުމަތީގެ އެކްސިޑެންޓުތައް ކަމަށާއި، އެއީ ޖުމްލަ މައްސަލަތަކުގެ ގާތްގަނޑަކަށް 24 އިންސައްތަ ކަމަށް ފުލުހުންގެ ތަފާސްހިސާބުތަކުން ހާމަވެއްޖެއެވެ.
ފުލުހުންގެ އިދާރާއިން ހާމަކޮށްފައިވާ ރަސްމީ ހިސާބުތަކަށް ބަލާއިރު، މި އަހަރުގެ މިހާތަނަށް އެ އިދާރާއަށް އެކި ބާވަތުގެ 8،490 މައްސަލައެއް ވަނީ ހުށަހަޅައިފައެވެ. އޭގެ ތެރެއިން އެންމެ ގިނައިން ރިޕޯޓުކޮށްފައިވަނީ ވައްކަމުގެ މައްސަލަތަކެވެ. އެގޮތުން ވައްކަމުގެ 2،326 މައްސަލައެއް ފުލުހުންނަށް ރިޕޯޓުކޮށްފައިވެއެވެ. ވައްކަމަށްފަހު ދެވަނައަށް އެންމެ ގިނައީ ޓްރެފިކް އެކްސިޑެންޓުގެ މައްސަލަތަކެވެ. އެއީ ޖުމްލަ 2،029 މައްސަލައެވެ. މިއީ މުޅި ޖުމްލަ މައްސަލަތަކުގެ 23.9 އިންސައްތައެވެ. ލިސްޓުގެ ތިންވަނައިގައި ހިމެނެނީ މަސްތުވާތަކެއްޗާ ގުޅުންހުރި މައްސަލަތަކެވެ. އެ ބާވަތުގެ 1،828 މައްސަލައެއް ފުލުހަށް ވަނީ ހުށަހަޅައިފައެވެ.
މީގެ އިތުރުން ފުލުހުންނަށް ހުށަހެޅުނު މައްސަލަތަކުގެ ތެރޭގައި ތަކެތި ގެއްލިގެން ހުށަހެޅި 695 މައްސަލައަކާއި، މުދަލަށް ގެއްލުން ދިނުމުގެ 446 މައްސަލައެއްގެ އިތުރުން މާރާމާރީ އާއި އަނިޔާކުރުމުގެ 439 މައްސަލައެއް ހިމެނެއެވެ. އަދި އާއިލީ މަސްލަހަތާ ގުޅުންހުރި ގެވެށި އަނިޔާގެ 224 މައްސަލައަކާއި ޖިންސީ ކުށްތަކުގެ 184 މައްސަލައެއް ވެސް ރިޕޯޓުކޮށްފައިވާ ކަމަށް ފުލުހުން ބުނެއެވެ.
މަގުމަތީގެ ނުރައްކާތެރި ހާދިސާތައް އިތުރުވަމުންދާއިރު، ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި އެކަނިވެސް ފުލުހުންނަށް 13 މައްސަލައެއް ހުށަހަޅާފައިވާ ކަމަށް އެ އިދާރާއިން ފާހަގަކުރެއެވެ. އޭގެ ތެރޭގައިވެސް އެންމެ ގިނައީ އެކްސިޑެންޓުތަކެވެ. އެގޮތުން ވޭތުވެދިޔަ އެއް ދުވަސް ތެރޭ ފަސް އެކްސިޑެންޓެއް، މަސްތުވާތަކެތީގެ ތިން މައްސަލަ އަދި ވައްކަމުގެ ތިން މައްސަލައިގެ އިތުރުން ގެވެށި އަނިޔާއާއި ޖިންސީ ގޯނާގެ މައްސަލައެއް ހިމެނެއެވެ.
ފާއިތުވި ދުވަސްތަކުގައި މާލޭ ސަރަހައްދުގައު ހިނގާފައިވާ ނުރައްކާތެރި އެކްސިޑެންޓުތަކުގެ ތަފްސީލަށް ބަލާއިރު، ވޭތުވެދިޔަ ހޮނިހިރު ދުވަހުގެ ރޭ ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ވިނަރެސް 7 ފްލެޓް ކައިރީގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ސީރިއަސް އަނިޔާތަނެއް ލިބި ފަރުވާ ދެމުން ދަނިކޮށް 9 އަހަރުގެ ކުއްޖަކު ވަނީ ނިޔާވެފައެވެ. އަދި ހޯމަ ދުވަހު ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ހިޔާ ޓަވަރު ސަރަހައްދުގައި ހިނގި އިތުރު އެކްސިޑެންޓެއްގައި 62 އަހަރުގެ ދިވެހި ފިރިހެނަކަށް ބޮޑެތި އަނިޔާތަކެއް ލިބި، އޭނާއަށް މިހާރު ދަނީ ޓްރީ ޓޮޕް ހޮސްޕިޓަލުގެ އައިސީޔޫގައި ފަރުވާ ދެމުންނެވެ.
މަގުމަތީގެ މިފަދަ ހިތާމަވެރި ހާދިސާތައް މަދުކުރުމަށްޓަކައި ޓްރެފިކް ގަވާއިދުތަކަށް ހުރުމަތްތެރިކޮށް ހިތުމަށާއި، ވެހިކަލް ދުއްވުމުގައި ސަމާލުވެ ރައްކާތެރި ފިޔަވަޅުތައް އެޅުމަށް ކަމާބެހޭ އިދާރާތަކުން އިލްތިމާސްކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު