ޓެންޑަރ ބޯޑުގެ ކުރީގެ ޗެއާމަން އިސްމާއިލް ޒަރިޔަންދު
ޓެންޑަރ ބޯޑުގެ ކުރީގެ ޗެއާމަން އިސްމާއިލް ޒަރިޔަންދު
ރިސޯޓުތަކުގެ ޑޮލަރު އާމްދަނީގެ %40 މާރުކުރަން މަޖުބޫރުކޮށް، ޓޫރިޒަމް ދާއިރާއަށް ބުރަ ދެގުނަކުރުމަކީ ޤައުމަށް ކުރިމަތިވެފައިވާ ޑޮލަރުގެ ދަތިކަމަށް ލިބޭނެ ޙައްލެއް ނޫން ކަމަށް މާލީ ދާއިރާގެ ތަޖުރިބާކާރު އިސްމާޢީލް ޒަރީޔަންދު ވިދާޅުވެއްޖެއެވެ.

ޒަރީޔަންދު ވިދާޅުވި ގޮތުގައި، މިފަދަ ޤަވާޢިދުތަކުގެ ސަބަބުން އިޤްތިޞާދަށް އަލަށް އިތުރުވާ އެންމެ ޑޮލަރެއްވެސް ނެތެވެ. މި ޤަވާޢިދުގެ ސަބަބުން ހަމައެކަނި ވަނީ ޑޮލަރު އެއްދިމާއިން އަނެއް ދިމާއަށް ބަދަލުވުން އެކަންޏެވެ.

އެގޮތުން، 2025 ވަނަ އަހަރު ރިސޯޓުތަކުން މާރުކުރި 670.8 މިލިއަން ޔޫއެސް ޑޮލަރުގެ ތެރެއިން %75 ސީދާ ދިޔައީ މޯލްޑިވްސް މޮނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އަށް ކަމަށާއި، އެ ފައިސާ މައިގަނޑު ގޮތެއްގައި ބޭނުންކޮށްފައިވަނީ ދައުލަތުގެ ދަރަނި ދެއްކުމަށާއި އިމްޕޯޓް ޚަރަދުތަކަށް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

އޭނާ އިތުރަށް ވިދާޅުވީ، މިވަގުތު މާބޮޑަށް ބަރޯސާވެ އަދި ބުރަ ޖައްސަމުންދަނީ ޤައުމަށް ޑޮލަރު ވައްދައިދޭ ހަމައެކަނި މައިގަނޑު ދާއިރާއަށް ކަމަށެވެ.

އެހެންކަމުން، އެންމެ ބޮޑު އާމްދަނީއެއް ހޯދައިދޭ ފަރާތް އިތުރަށް ފިއްތައިގެން ޑޮލަރުގެ ދަތިކަމަށް ޙައްލެއް ނުހޯދޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ޒަރީޔަންދު ފާހަގަކުރެއްވި ގޮތުގައި، މި މައްސަލައަށް އޮތް ޙަޤީޤީ ޙައްލަކީ ރިސޯޓުތަކުން އިތުރަށް ފައިސާ އަތުލުމެއް ނޫނެވެ. އޭގެ ބަދަލުގައި އޮތް ހަމައެކަނި ޙައްލަކީ ސަރުކާރުގެ ޚަރަދުތައް ކުޑަކުރުމެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް