ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) ގެ އެޗްއާރު ޑިޕާޓްމަންޓުން އަންގައިގެން ވެރިކަންކުރާ މައި ޕާޓީ، ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) އަށް ފޯމު ފުރިކަމަށް ބުނާ މައްސަލައަކާ ގުޅިގެން އެ ކުންފުނީގެ އެޗްއާރު މުވައްޒަފަކު ވަޒީފާގެ މަސައްކަތްތަކުން އެކަހެރިކޮށްފިއެވެ.
މި މައްސަލަ ފެންމަތިވީ ރާއްޖޭގެ މީޑިއާއެއްގެ ލައިވް ޕްރޮގްރާމެއްގައި މިއަދު ސްޓެލްކޯގެ އެޗްއާރު ޑިޕާޓްމަންޓަށް ގުޅައި، ޕީއެންސީގެ ފޯމު ފުރުމަށްފަހު އަމަލުކުރަންވީ ގޮތެއް އެހުމުން، އެ ސްކްރީންޝޮޓު ސްޓެލްކޯގެ އެޗްއާރު ޑިޕާޓްމަންޓުގެ ނަންބަރަށް ފޮނުވުމަށް އިރުޝާދު ދިނުމާ ގުޅިގެންނެވެ.
"ހަމަ ސްޓެލްކޯ އެޗްއާރު ނަންބަރަށް، ކުރިން އިންނާނެ ދޯ ތިކޮޅަށް މެސެޖުކޮށްލާފައި،" ސްޓެލްކޯގެ އެޗްއާރުން ވާހަކަދެއްކި މީހާ ބުންޏެވެ.
އެކަމާ ގުޅިގެން ސްޓެލްކޯއިން މިއަދު ނެރެފައިވާ ކުރު ބަޔާނެއްގައި، މިއަދު ރާއްޖޭގެ މީޑިއާއަކުން ގުޅީ އެ ކުންފުނީގެ އެޗްއާރަށް ނޫންކަމަކަށް ނުބުނެ އެވެ. އޭގެ ބަދަލުގައި އެ ކުންފުނިން ބުނެފައި ވަނީ އެ ކޯލުގެ މައްސަލަ ބެލުމަށްފަހު، ކުންފުނީގެ ގަވާއިދުގެ ދަށުން އަޅަންޖެހޭ އިސްލާހީ އަދި، އިދާރީ ފިޔަވަޅުތައް އަޅަމުން ގެންދާނެ ކަމަށެވެ.
އެގޮތުން ސްޓެލްކޯއިން ބުނެފައިވަނީ، އެ ކުންފުންޏަކީ ރައްޔިތުންގެ ދިރިއުޅުމާ ސީދާ ގުޅިފައިވާ އެންމެ މުހިންމު އަސާސީ ޚިދުމަތްތައް ފޯރުކޮށްދިނުމުގެ އެންމެ އިސް ޤައުމީ ޒިންމާ އުފުލަމުންދާ އެއް މުއައްސަސާ ކަމަށެވެ.
"އަޅުގަނޑުމެންގެ މުޅި ޓީމުގެ އެންމެ ބޮޑު އަމާޒަކީ އަދި މައިގަނޑު ފޯކަސްއަކީ ވެސް، 24 ގަޑިއިރު މެދުކެނޑުމެއްނެތި، އިތުބާރާއި ޔަޤީންކަމާއެކު ރައްޔިތުންނަށް ދޭންޖެހޭ އަސާސީ ޚިދުމަތްތައް އޭގެ އެންމެ ފުރިހަމަ ގޮތުގައި ފޯރުކޮށްދިނުމެވެ. މި ކުންފުނީގެ އަގުހުރި ވަގުތާއި ވަސީލަތްތައް އަބަދުވެސް ހޭދަކުރެވެމުންދާނީ މި ދެންނެވި ޤައުމީ އަދި އިޖުތިމާޢީ ވާޖިބުތައް އަދާކުރުމުގައެވެ." ސްޓެލްކޯގެ ބަޔާނުގައިވެއެވެ.
ސްޓެލްކޯއިން ބުނީ ރާއްޖޭގެ މީޑިއާއަކުން މިއަދު ކުރި ފޯނު ކޯލާ ގުޅިގެން މިކަން ހިނގާފައިވާ ގޮތް ތަޙުޤީޤުކޮށް ބެލުމަށްޓަކައި، އެކަމުގައި ތުހުމަތުކުރެވޭ މުވައްޒަފު މިހާރު ވަނީ ވަޒީފާގެ މަސައްކަތްތަކުން އެކަހެރިކުރެވިފައި ކަމަށެވެ. އަދި މި މައްސަލަ ބެލުމަށްފަހު ކުންފުނީގެ ޤަވާޢިދުގެ ދަށުން އަޅަންޖެހޭ އިސްލާޙީ އަދި އިދާރީ ފިޔަވަޅުތައް ފަސްޖެހުމެއްނެތި އަޅަމުން ގެންދާނެ ކަމަށްވެސް ސްޓެލްކޯއިން ބުނެފއިވެއެވެ.
އޭގެއިތުރުން ސްޓެލްކޯއިން ބުނީ، ކުންފުނީގެ އަބަދުވެސް އަމާޒަކީ ރައްޔިތުންގެ އިތުބާރު ދަމަހައްޓައި، ފެންވަރު ރަނގަޅު ޚިދުމަތެއް އަބަދުމެ ފޯރުކޮށްދިނުމުގައި ދެމިތިބުން ކަމަށެވެ.
މިފަދަ މައްސަލައެއް ފެންމަތިވެފައިވާއިރު، ޕީއެންސީގެ ކޮންގްރެސް އާ ދިމާކޮށް އެޕާޓީއަށް ގިނަ އަދަދެއްގެ މެންބަރުން ވެއްދުމަށް އެ ޕާޓީން ދަނީ މަސައްކަތް ކުރަމުންނެވެ. ޕީއެންސީގެ އަމާޒަކީ އެއްލައްކަ މެންބަރުން އެ ޕާޓީއަށް ވެއްދުން ކަމަށްވާއިރު، ޖޫން 30، ގެ ނިޔަލަށް އެ ޕާޓީގެ ދަފްތަރުގައި ތިބީ 67،579 މެންބަރުންނެވެ.

ކިޔުންތެރިންގެ ހިޔާލު