ކަރަޕްޝަން ހިންގުމުގައި ދުނިޔޭގެ ފެންވަރުގެ ރެކޯޑެއް ރާއްޖޭގައި ހެދީ ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް އިސްވެ ހުންނަވައި ހިންގެވި ވެރިކަމުގައި ކަމަށް ޕީއެންސީގެ ޕާލިމެންޓަރީ ގްރޫޕްގެ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާޙް ވިދާޅުވެއްޖެއެވެ.
ފަލާޙް މިހެން ވިދާޅުވީ، މިހާރުގެ ސަރުކާރުގައި މުއައްސަސާތައް ހުއްޓިފައިވާ ކަމަށާއި ސަރުކާރުގެ ނާޖާއިޒު ޢަމަލުތައް ހުއްޓުވޭނެ ގޮތެއް ނެތް ކަމަށް ވިދާޅުވެ، ރައީސް ޔާމީން ރޭ ދެއްކެވި ވާހަކަފުޅުތަކަށް ރައްދު ދެއްވައި މީސްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައެވެ.
ފަލާޙް ވިދާޅުވީ، އިންސާނާގެ ލަދުހަޔާތް ނެތިއްޖެނަމަ ހަމަ ކޮންމެފަދަ ވާހަކައެއްވެސް ދައްކަފާނެ ކަމަށެވެ. އެގޮތުން ޔާމީނުގެ ވެރިކަމުގައި ދައުލަތުގެ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އޮތީ "ކޯމާ" އެއްގައި ކަމަށާއި، އެކަން ނުދަންނަ މީހަކު މި ޤައުމުގައި ނޫޅޭނެ ކަމަށް ފަލާޙް ފާހަގަކުރެއްވިއެވެ. މީގެއިތުރުން، ގ. ދޫވެހި ނަމުގައި އެޅި ގަނޑުވަރާއި، ހެންވޭރު ކޮޅުގައި މިހާރު އަޅަމުންދާ 18 ބުރީގެ 5 ތަރީގެ ހޮޓަލަކީ ކޮން ފައިސާއަކުން އެޅި ތަންތަންތޯ ސުވާލުކުރާ މީހުން މިއަދުވެސް މަދުނޫން ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ސިންގަޕޫރާއި ދުބާއީގެ ފިކްސްޑް ޑިޕޮޒިޓާއި އިންވެސްޓްމަންޓް އެކައުންޓުތަކުގައި ހުރި ޑޮލަރުތަކުގެ މަތިން އަދިވެސް ހަނދާން ނުނެތޭ ކަމަށް ވިދާޅުވިއެވެ.
ރައީސް ޔާމީނަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުން ފަލާޙް ވަނީ، ރައްޔިތުން ރުޅިގަދަވެގެން އެމަނިކުފާނު ވެރިކަމުން ބޭލި ދުވަސް މަތިން ހަނދާން ނައްތާލައިގެން ނުވާނެ ކަމަށް ވިދާޅުވެފައެވެ. އަދި ޔާމީނުގެ ވެރިކަމުގައި ސުޕްރީމް ކޯޓުގެ ޓިނު ނަގައިގެން އުއްތަމަ ފަނޑިޔާރާއި ފަނޑިޔާރުން ހައްޔަރުކޮށް ޖަލަށްލީ ގޮތާއި، ބެންޗު ބަދަލުކުރި ގޮތާއި، ޕާޓީ ބަދަލުކުރުމުން މެންބަރުންގެ ގޮނޑި ގެއްލޭގޮތް ހެދިކަންވެސް ހަނދާންކޮށްދެއްވިއެވެ. ހަމައެއާއެކު، ހުރިހާ މިނިވަން މުއައްސަސާތަކެއް ޕެރަލައިޒްކޮށް، އޭރު ތިބި ސިޔާސީ ހުރިހާ ލީޑަރުން ހައްޔަރުކޮށް، ނައިބު ރައީސުންނާއި އުއްތަމަ ފަނޑިޔާރު މަޤާމުން ވަކިކުރި ދުވަސްތައް ވެސް ފަލާޙް ފާހަގަކުރެއްވިއެވެ.
"މިވާހަކަ ދައްކާނެ މީހަކު މިއަދު ނެތްކަމަށް ހީވީމަ ރައީސް ޔާމީން ހުދުކާފޫރަށް ބަދަލުވެއްޖެ ނޫންތޯ،" ފަލާޙް ވިދާޅުވިއެވެ.
ފަލާޙް މިފަދައިން ޔާމީނަށް ރައްދު ދެއްވާފައި މިވަނީ، ޕީއެންއެފްގެ ޖަލްސާގައި ރައީސް ޔާމީން ރޭ ވާހަކަފުޅު ދައްކަވަމުން، ޤައުމުގައި މިހާރު ޚުދުމުޚުތާރު ވެރިކަމެއްގެ ސިފަތައް ޖެހިފައިވާ ކަމަށާއި، މިނިވަން މުއައްސަސާތައް ފިނޑިވެފައިވާ ކަމަށް ވިދާޅުވެފައި ވަނިކޮށެވެ. އަދި ޤާނޫނުއަސާސީން އޭސީސީ އުފެއްދީ މިނިވަންކަމާއެކު ޚިޔާނާތް ބެލުމަށް ނަމަވެސް، މިއަދު އެތަނުގެ ވެރިންނަކީ ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރާ ބަޔަކަށް ހަދައި، ބާރު ކަނޑުވާލާފައިވާ ކަމަށް ވިދާޅުވެ، މިކަންކަން ހުއްޓުވަން ސިޔާސީ ފަރާތްތަކުން ނުކުންނަން ޖެހިފައިވާ ކަމަށް ޔާމީން ވަނީ ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު