ދިވެހިރާއްޖޭގައި މިހާތަނަށް ހިންގާ އެންމެ ބޮޑެތި ވަގުފު މަޝްރޫއުތަކުގެ އަމަލީ މަސައްކަތް ފެށިގެން ކުރިއަށްދާއިރު، ކުރިއަށް އޮތް ދެ އަހަރު ދުވަހުގެ ތެރޭގައި އެ މަޝްރޫއުތައް އެއްކޮށް ނިންމާލުމަށް އަމާޒު ހިފާފައިވާ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.
ރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރުމުގެ ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ފާހަގަކުރެއްވި ގޮތުގައި، މާލޭގައި އިމާރާތްކުރާ "ދާރުއްސަލާމް" އާއި "ދާރުލްއަރުގަމް" ބިލްޑިންގުގެ އިތުރުން ކުޅުދުއްފުށި، ތިނަދޫ، ގއ. ވިލިނގިލި އަދި އައްޑޫ ސިޓީގައި ހިންގާ ވަގުފު މަޝްރޫއުތަކުގެ މަސައްކަތްތައް ވެސް މިހާރު ވަނީ ފެށިފައެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ މެނިފެސްޓޯއާ އެއްގޮތަށް ދީނީ ކަންކަން ހަރުދަނާކުރުމަށް ކުރެވޭ މަސައްކަތްތަކުގެ ތެރެއިން، ޒަކާތަށް ހާއްސަ އިދާރާއެއް ގާއިމުކޮށް ގާނޫނެއް އެކުލަވާލުމުގެ މަސައްކަތް ކުރިއަށްދާކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން، ހަ އަހަރުގެ މެދުކެނޑުމަކަށްފަހު ޒަކާތުގެ ހާއްސަ ސްކޮލާޝިޕް އަލުން ދޭން ފަށާފައިވާއިރު، ކީރިތި ގުރުއާނުގެ އިލްމު ފެތުރުމަށް ކުރެވޭ މަސައްކަތުން ކުރިއަށް އޮތް ދެ އަހަރުގެ ތެރޭގައި ރާއްޖޭގައި ތިބި 322 ހާފިޒުންގެ އަދަދު 500 އަށް އިތުރުކުރުމަށް ވަނީ އަމާޒު ހިފާފައެވެ.
އެކަމަށްޓަކައި ހާފިޒުންގެ އެލަވަންސް ބޮޑުކޮށް، ގުރުއާނާ ބެހޭ ގައުމީ މަރުކަޒުގެ ގޮފިތައް ރަށްރަށުގައި ގާއިމުކުރުމުގެ މަސައްކަތް ވެސް އަންނަނީ ފުޅާދާއިރާއެއްގައި ހިންގަމުންނެވެ.
ރާއްޖޭގައި ބިނާކުރާ އެންމެ ބޮޑު މިސްކިތުގެ ބިންގާ އެޅުމަށް ހަމަޖެހިފައިވާއިރު، އެ މިސްކިތަށް ދަރުމަވަންތަ ރަސްގެފާނުގެ ނަންފުޅާ ގުޅުވައިގެން ނަން ދެވިގެންދާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
ސިޔާސީ ގޮތުން އެކި ފިކުރުތަކަށް ބެހިފައިވީ ނަމަވެސް، އިސްލާމްދީނާއި ގައުމީ މިނިވަންކަމާ ގުޅޭ ހުރިހާ ކަމެއްގައި ދިވެހި ހުރިހާ ރައްޔިތުން ވެސް އެކުވެރި، އެއްބައިވަންތަ އަހުވަންތަ ބަޔަކަށް ވުމަށް މިނިސްޓަރު ޝަހީމް ވަނީ އިލްތިމާސް ކުރައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު