ކުރިއަށް އޮތް 2028 ގެ ރިޔާސީ އިންތިޚާބުގައި އެމްޑީޕީގެ ފަރާތުން ވާދަކުރައްވާނީ ޕާޓީގެ މިހާރުގެ ޗެއާޕާސަން ރައީސް މުޙައްމަދު ނަޝީދު ކަމަށާއި، އެ ފުރުސަތު ކުރީގެ ޗެއާޕާސަން ފައްޔާޒު އިސްމާޢީލް ދެއްވާނެ ކަމަށް ކުރީގެ މަޖިލިސް މެންބަރު އިބްރާހީމް ރަޝީދު (ބޮންޑޭ) ވިދާޅުވެއްޖެއެވެ.
އެސްއެސްޓީވީގެ ޕްރޮގްރާމެއްގައި އާދީއްތަ ދުވަހުގެރޭ ވާހަކަދައްކަވަމުން ބޮންޑޭ ވިދާޅުވީ، ދެން އަންނަ ރިޔާސީ އިންތިޚާބުގެ ވޯޓު ކަރުދާހުގައި އޮންނާނީ ރައީސް ނަޝީދުގެ ނަންފުޅު ކަމަށާއި، އެ ނިންމުމަށް ފައްޔާޒު ވެސް ތާއީދުކުރައްވާނެ ކަމަށެވެ. އަދި އެމްޑީޕީން ފައްޔާޒު ވެރިކަމަށް ނެރުމަށް ތައްޔާރުވަނީ 2033 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
"2028 ގެ ފަހުން އަންނަ އިންތިޚާބަކީ ވަރަށް ބޮޑު ބަދަލެއް. އެ އިންތިޚާބުގައި ފައްޔާޒު ކުރިމަތިލައްވާނީ. އެކަމަކު، 2028 ގައި ރައީސް ނަޝީދު. ފައްޔާޒު ގަބޫލުކުރައްވާނެ އެކަން،" މާފަންނު މެދު ދާއިރާގެ ކުރީގެ މެންބަރު ވިދާޅުވިއެވެ.
މީގެއިތުރުން ބޮންޑޭ ވިދާޅުވީ، 2028 ގެ އިންތިޚާބުގައި ނައިބު ރައީސްކަން ނުވަތަ ސަރުކާރުގެ އެހެން އިސް މަގާމެއް ފައްޔާޒު ޚިޔާރުކުރައްވާނެ ކަމަށެވެ. އަދި އެކަން އެމްޑީޕީގެ ކޮންގްރެސްގެ ތެރެއިން ހަމަނުޖެހިއްޖެނަމަވެސް، އެހެން ގޮތަކުން އެ އިންތިޒާމު ހަމަޖެހިގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ވެރިކަމަށް އައުމަށްޓަކައި ޕާޓީގެ އެތެރޭގައި ކޯޅުންތައް އުފެދުމަކީ ގެއްލުން ހުރި ކަމެއްކަން އެމްޑީޕީގެ ހުރިހާ މެންބަރުންނަށް ވެސް މާޒީގެ ތަޖުރިބާއިން އެނގޭނެ ކަމަށް ބޮންޑޭ ވިދާޅުވިއެވެ. އަދި ގައުމުގެ މުސްތަގުބަލު އޮތީ ރައީސް ނަޝީދު ވެރިކަމަށް ގެނެސްގެންކަން ޕާޓީގެ މެންބަރުން ގަބޫލުކުރަންޖެހޭ ކަމަށް ވެސް އޭނާ ފާހަގަކުރެއްވިއެވެ.
ބޮންޑޭ މިހެން ވިދާޅުވި ނަމަވެސް، އެ މަނިކުފާނަށް ތާއީދުކުރާ މީހުން ގިނަ ނަމަވެސް، ކުރިއަށް އޮތް ތަނުގައި ވެރިކަމަށް ގެންނަން ތާއީދުކުރައްވަނީ ފައްޔާޒަށް ކަމަށް ރައީސް ނަޝީދު ދާދިފަހުން ވަނީ ވިދާޅުވެފައެވެ.
ކުރިން ބަހުގެ ހޫނު ހަމަލާތަކެއް ބަދަލުކުރެއްވި ނަޝީދާއި ފައްޔާޒު މިހާރު އެކުގައި މަސައްކަތްކުރައްވާތާ އަހަރަކަށްވުރެ ގިނަ ދުވަސް ވެފައިވާއިރު، އެ ދެ ބޭފުޅުން ވަނީ 'ބޮޑު ބަދަލު' ގެ ނަމުގައި ގާނޫނުއަސާސީއަށާއި ވެރިކަމުގެ ނިޒާމަށް ގެންނަން ފެންނަ މުހިންމު އިސްލާހުތަކެއް ވެސް ހުށަހަޅުއްވައިފައެވެ. އޭގެ ތެރޭގައި ދައުލަތުގެ އެންމެ އިސްވެރިޔާ އާއި ސަރުކާރުގެ އިސްވެރިޔާ ވަކިކުރުމާއި، ރައްޔިތުންގެ މަޖިލީހާއި މިނިވަން މުއައްސަސާތަކަށް ބަދަލުތައް ގެނައުން ހިމެނެއެވެ.
މި ބަދަލުތައް އިއުލާނުކުރި ދުވަހު ރައީސް ނަޝީދު ވަނީ އެމްޑީޕީގެ ރިޔާސީ ޓިކެޓަށް ފައްޔާޒު އެންޑޯސް ކުރައްވާފައި ކަމަށް ވިދާޅުވެފައެވެ. ފައްޔާޒުގެ އިތުރުން ދެން އެމްޑީޕީގެ ރިޔާސީ ޓިކެޓަށް ވާދަކުރައްވާނެ ކަމަށް އަޑުފެތުރިފައިވަނީ އެ ޕާޓީގެ ކުރީގެ ރައީސް ޢަބްދުﷲ ޝާހިދާއި ކުރީގެ ނައިބު ރައީސް ފައިޞަލް ނަސީމެވެ.
އެމްޑީޕީގެ އިސް ސަފުގައި މިފަދަ މަޝްވަރާތަކާއި ޚިޔާލުތަފާތުވުންތައް ހުރި ނަމަވެސް، ޕާޓީގެ ރިޔާސީ ކެންޑިޑޭޓަކު ކަނޑައަޅާނީ އަސާސީ ގަވާއިދުގައިވާ ގޮތުގެ މަތިން ބާއްވާ ރިޔާސީ ޕްރައިމަރީއަކުންނެވެ. އެހެންކަމުން، ކުރިއަށް އޮތް ރިޔާސީ އިންތިޚާބަށް ޕާޓީގެ އެތެރޭގެ ވާދަވެރިކަން އިތުރުވެ، ޓިކެޓް ހޯއްދެވުމުގެ ފޯރިގަދަ ކެމްޕޭނެއް ކުރިއަށް އޮތް ތަނުގައި ފެނިގެންދާނެ ކަމަށް ސިޔާސީ މަސްރަޙު ދިރާސާކުރައްވާ ފަރާތްތަކުން ލަފާކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު