އެމަނިކުފާނުގެ ވެރިކަމުގައި ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ފުލުހަށް ހާޒިރުކުރަން ނިންމީ ކޯޓުން ނެރުނު އަމުރަކާ ގުޅިގެން ނޫން ކަމަށާއި، އެއީ ރިޝްވަތާއި ކޮރަޕްޝަންގެ މައްސަލައެއްގެ ތުހުމަތުގައި ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.
ޕީޕަލްސް ނެޝަނަލް ފްރޮންޓް (ޕީއެންއެފް) އިން ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ، އޭރު އިދިކޮޅު ފަރާތްތަކުން މަސައްކަތްކުރީ ސަރުކާރު ވައްޓާލުމަށް ބަގާވާތެއް ރޭވުމަށް ކަމަށާއި، ނަމަވެސް ރައްޔިތުން އިންތިޚާބުކުރި ވެރިއަކަށް ވާތީ އެކަމަށް އިސްތިއުފާ ދެއްވާފައިނުވާނެ ކަމަށެވެ.
ޔާމީންގެ ވެރިކަމުގައި ސިޔާސީ އިސް ބޭފުޅުންތަކަކާއި، އޭރުގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދު ހިމެނޭހެން ޝަރުއީ ދާއިރާގެ އިސް ބޭފުޅުންތަކެއް ވަނީ ހައްޔަރުކޮށްފައެވެ.
ސުޕްރީމް ކޯޓުން ސިޔާސީ ބޭފުޅުން ދޫކޮށްލަން ނެރުނު އަމުރަށް އިޝާރާތް ކުރައްވައި ޔާމީން ވިދާޅުވީ، އެ ބޭފުޅުންނަކީ ޝަރުއީ ތިން މަރުހަލާ ނިމި، ކުށްވެރިވެފައިވާ ބައެއް ކަމަށެވެ.
އަދި ފަހުން އެ ބޭފުޅުން ދޫކޮށްލަން ނެރުނު އަމުރުގައި ކުރީގެ މައްސަލަތައް ނިންމާފައިވަނީ އަވަސްއަރުވާލައިގެން ކަމަށް ބަޔާންކުރުމުން، ސުޕްރީމް ކޯޓުގެ ނިންމުންތަކުގައި އަދުލުވެރިކަމުގެ ސިފައެއް ނެތްކަން ހާމަވާ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ފަނޑިޔާރުން ހައްޔަރުކުރަން ޖެހުނު ސަބަބު ސާފުކޮށްދެއްވަމުން ޔާމީން ވިދާޅުވީ، އެއީ އެ ބޭފުޅުން ނެރުއްވި ހުކުމަކާ ގުޅިގެން ނޫން ކަމަށާއި، އެ ބޭފުޅުންނަށް މެލޭޝިއާއިން ފްލެޓްތަކެއް ގަނެދީފައިވާ ކަމުގެ ތަފްސީލީ މެސެޖުތަކެއް އެމަނިކުފާނަށް ލިބިވަޑައިގަތުމުން ކަމަށެވެ.
އެހެންކަމުން ފުލުހަށް ހާޒިރުކުރަން އުޅުނީ ލިބޭ އާމްދަނީއާ ނުބައްދަލު ހޭދައެއް ކުރި ގޮތާމެދު ސުވާލުކުރަން ކަމަށާއި، ނަމަވެސް ފަނޑިޔާރުން އެކަމަށް ދެކޮޅު ހެއްދެވި ކަމަށް ވިދާޅުވިއެވެ.
މީގެއިތުރުން، ފަނޑިޔާރުންގެ ސުލޫކީ މައްސަލަތައް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ބެލޭނެ ކަމަށް ގާނޫނުއަސާސީގައި އޮތް ނަމަވެސް، ފަނޑިޔާރުން ވަނީ އެ ބޭފުޅުންގެ އަމިއްލަ ފަސޭހައަށް ގާނޫނުއަސާސީގެ އެ ބައި ވެސް އުވާލައްވާފައި ކަމަށް ޔާމީން ތުހުމަތުކުރެއްވިއެވެ.

ކިޔުންތެރިންގެ ހިޔާލު