އިންޑިޔާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ހާއްސަ ދަތުރުފުޅަކަށް މޯލްޑިވިއަންގެ ސީޕްލޭނެއް ޗާޓަރު ކުރުމަކީ އިންޑިއާއާއި ރާއްޖެއިން އެއްގައުމު އަނެއްގައުމަށް ކުރާ އިހްތިރާމް ރަމްޒު ކޮށްދޭ ކަމެއް ކަމަށް އައިލެންޑް އޭވިއޭޝަންގެ މެނޭޖިން ޑިރެކްޓަރ މުހައްމަދު ރިޒްވީ ވިދާޅުވެއްޖެއެވެ.
ރިޒްވީ ވިދާޅުވީ އިންޑިޔާގެ ސްޕައިސް ޖެޓް ކުންފުނިން މޯދީގެ ދަތުރުފުޅަކަށް ގައުމީ އެއާލައިން، މޯލްޑިވިއަންގެ ބޯޓެއް ޗާޓަރު ކުރުމަކީ ދިވެހިންނަށް ލިބިގެން ދިޔަ ފަހުރަކާއި ޝަރަފެއްކަމަށެވެ. އަދި އިންޑިޔާއިން ބޭނުން ނަމަ ދުނިޔޭގެ ކޮންމެ ގައުމަކުން ވެސް ސީޕްލޭން ޗާޓަރު ކުރެވޭނެ ކަމަށާއި، ދުނިޔޭގައި ސީޕްލޭންގެ ހިދުމަތް ދެމުންގެންދާ އެތައް ގައުމެއް އެބައޮތް ކަމަށެވެ.
އިންޑިއާގައި ވައިގެ ދަތުރުފަތުރުގެ ނިޒާމު ހަރުދަނާކޮށް، ހެޔޮ އަގުގައި ދަތުރުކުރެވޭނެ އިންތިޒާމުތައް ހަމަޖެއްސުމަށް އިންޑިއާ ސަރުކާރުން ފަށާފައިވާ "އުޑަން" މަޝްރޫއުގެ ދަށުން އިންޑިއާގައި މިއަދު ސީޕްލޭންގެ ހިދުމަތް ފެށީ ގުޖުރާތު ސްޓޭޓުގެ ކެވާޑިއާއިންނެވެ.
އިންޑިއާގެ ގައުމީ އެއްބައިވަންތަކަމުގެ ދުވަހާ ދިމާކޮށް، ސީޕްލޭންގެ ހިދުމަތް ފައްޓަވައިދެއްވީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރާ މޯދީއެވެ. މޯދީ މިދަތުރު ކުރަށްވާފައިވަނީ މޯލްޑިވިއަންގެ ކަނޑަށް ޖައްސާ ބޯޓެއްގައެވެ.
އިންޑިއާގެ ހައި ކޮމިޝަނުން ބުނިގޮތުގައި އިންޑިއާގައި ސީޕްލޭންގެ ހިދުމަތް ދޭނީ އެ ގައުމުގެ ސްޕައިސް ޖެޓް އެއާލައިނުންނެވެ. އަދި ދުވާލަކު އަށް ދަތުރު ބާއްވާއިރު މި ދަތުރުތަކަށް ބޭނުން ކުރާނީ 19 ސީޓުގެ ބޯޓުތައް ކަމަށް ހައިކޮމިޝަނުން ބުންޏެވެ.
އިންޑިއާގައި ސީ ޕްލޭންގެ ޚިދުމަތް ފަށައި ގަތުމުގައި ރާއްޖޭގެ އެހީތެރިކަން އަންނަނީ ހޯދަމުންނެވެ.

Today @MaldivianAero Seaplane will depart from SOU to SRF (India) as part of an ongoing project with @flyspicejet
— Rizvi (@rizeyx) October 31, 2020
It is our privilege to have @PMOIndia @narendramodi aboard this flight, trusting Maldivian’s experience and expertise in seaplane operations.
އިންޑިއާގައި ވައިގެ ދަތުރުފަތުރުގެ ނިޒާމު ހަރުދަނާކޮށް، ހެޔޮ އަގުގައި ދަތުރުކުރެވޭނެ އިންތިޒާމުތައް ހަމަޖެއްސުމަށް އިންޑިއާ ސަރުކާރުން ފަށާފައިވާ "އުޑަން" މަޝްރޫއުގެ ދަށުން އިންޑިއާގައި މިއަދު ސީޕްލޭންގެ ހިދުމަތް ފެށީ ގުޖުރާތު ސްޓޭޓުގެ ކެވާޑިއާއިންނެވެ.
އިންޑިއާގެ ގައުމީ އެއްބައިވަންތަކަމުގެ ދުވަހާ ދިމާކޮށް، ސީޕްލޭންގެ ހިދުމަތް ފައްޓަވައިދެއްވީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރާ މޯދީއެވެ. މޯދީ މިދަތުރު ކުރަށްވާފައިވަނީ މޯލްޑިވިއަންގެ ކަނޑަށް ޖައްސާ ބޯޓެއްގައެވެ.
Historic moment for 🇲🇻 🇮🇳!
— India in Maldives (@HCIMaldives) October 31, 2020
PM @narendramodi boards a @MaldivianAero aircraft for the inaugural flight of the #seaplane services which will operate between Kevadia & Ahmedabad in Gujarat. @PMOIndia @MoCA_GoI @ushapadhee1996 @MoFAmv @IndianDiplomacy pic.twitter.com/cWU9nD72JE
އިންޑިއާގެ ހައި ކޮމިޝަނުން ބުނިގޮތުގައި އިންޑިއާގައި ސީޕްލޭންގެ ހިދުމަތް ދޭނީ އެ ގައުމުގެ ސްޕައިސް ޖެޓް އެއާލައިނުންނެވެ. އަދި ދުވާލަކު އަށް ދަތުރު ބާއްވާއިރު މި ދަތުރުތަކަށް ބޭނުން ކުރާނީ 19 ސީޓުގެ ބޯޓުތައް ކަމަށް ހައިކޮމިޝަނުން ބުންޏެވެ.
އިންޑިއާގައި ސީ ޕްލޭންގެ ޚިދުމަތް ފަށައި ގަތުމުގައި ރާއްޖޭގެ އެހީތެރިކަން އަންނަނީ ހޯދަމުންނެވެ.
ކިޔުންތެރިންގެ ހިޔާލު