ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ރުފިޔާ ޑެބިޓް އަދި ކްރެޑިޓް ކާޑުތަކުން ބޭރުގެ އީ-ކޮމާސް ޕްލެޓްފޯމްތަކުގައި ވިޔަފާރިކުރުމަށް ކަނޑައަޅާފައިވާ ދުވަހުގެ ލިމިޓް ރިސެޓްވާ ގަޑީގައި ސިކުންތަކު 70 އަށްވުރެ ގިނަ މުއާމަލާތް ސިސްޓަމް ތެރެއިން ހިނގަމުންދާ ކަމަށް އެ ބޭންކުން ހާމަކޮށްފިއެވެ.
މުޅި ދުނިޔޭގެ 40،000 އަށްވުރެ ގިނަ އޮންލައިން ޕްލެޓްފޯމްތަކުން ދިވެހިން ދުވާލަކު އެވްރެޖްކޮށް 20،000 އަށްވުރެ ގިނަ މުއާމަލާތް ކުރަމުންދާއިރު، ބީއެމްއެލް އިން ވަނީ ރާއްޖެއިން ބޭރުގެ އޮންލައިން ވިޔަފާރިތަކަށް މަހަކު 16 މިލިއަން ޑޮލަރާ ހަމައަށް ފައިސާ ދޫކުރުމަށް އިންތިޒާމު ހަމަޖައްސާފައެވެ. ނަމަވެސް، ކޮންމެ ދުވަހެއްގެ ހެނދުނު 7:00 ގައި ލިމިޓް ރިސެޓްވާ ގަޑީގައި ވެސް ޓީމޫ، އަލީބާބާ، އެމެޒޯން އަދި އެޕަލް ފަދަ މަގުބޫލު ވެބްސައިޓްތަކުން ވިޔަފާރި ނުކުރެވޭ ކަމުގެ ޝަކުވާ އާންމުންގެ ފަރާތުން އަންނަނީ ލިބެމުންނެވެ.
މި ކަމާ ގުޅޭގޮތުން މައުލޫމާތު ދެއްވަމުން ބީއެމްއެލްގެ ތަރުޖަމާނު މުހައްމަދު ސައީދު ވިދާޅުވީ، ލިމިޓް ރިސެޓްވާ ގަޑި ކުރިން އާންމުކޮށްފައި އޮތުމުން ގިނަ ކަސްޓަމަރުން ތަކެތި ގަތުމަށް ކާޓަށް އަޅައިގެން ތައްޔާރަށް ތިބޭ ކަމަށެވެ. އަދި ހެނދުނު 7:00 ޖެހުމާއެކު އެއްފަހަރާ ގިނަ އަދަދެއްގެ މީހުން ޕޭމަންޓް ހަދަން ފެށުމުން، ސިކުންތަކު 70 އަށްވުރެ ގިނަ ޓްރާންސެކްޝަން ހިނގައި، އެ ދުވަހަށް ކަނޑައެޅިފައިވާ ޖުމްލަ ލިމިޓް މަދު ވަގުތުކޮޅެއްގެ ތެރޭގައި ހުސްވަނީ ކަމަށް އޭނާ ވިދާޅުވިއެވެ. މިފަދަ ހާލަތްތަކުގައި ކަސްޓަމަރުންނަށް ވަގުތުން މެސެޖަކުން އެކަން އަންގައި، ޑޮލަރު ކާޑެއް ބޭނުންކުރުމަށް ނުވަތަ ވިދިގެން އަންނަ ދުވަހު އަލުން މަސައްކަތް ކުރުމަށް އިރުޝާދު ދެމުންދާ ކަމަށް ވެސް ސައީދު ފާހަގަކުރެއްވިއެވެ.
ބީއެމްއެލް އިން ބުނި ގޮތުގައި މި އާ އުސޫލު ތައާރަފުކުރީ ރާއްޖޭގެ ބޭރު ފައިސާގެ ރިޒާވް ހަރުދަނާކަމާއެކު ބެލެހެއްޓުމަށާއި، ރައްޔިތުންނަށް އެންމެ ބޭނުންތެރި ޒަރޫރީ ކަންކަމަށް ޑޮލަރު ލިބުމުގައި ދަތިނުވާނެ ގޮތް ހަމަޖެއްސުމަށެވެ. އެގޮތުން ސިއްހީ ފަރުވާއަށާއި ތައުލީމީ ހަރަދުތަކަށް އެއްވެސް ލިމިޓެއް ކަނޑަނާޅައި، އެ ހިދުމަތްތައް މެދުނުކެނޑި ފޯރުކޮށްދިނުމަށް ބޭންކުން ވަކި ހާއްސަ މިންވަރެއް ދަމަހައްޓަމުން ގެންދެއެވެ.
މީގެއިތުރުން ދަތުރުފަތުރާއި ހޮޓެލް ބުކިންތަކަށް މަހަކު 6 މިލިއަން ޑޮލަރު (ދުވާލަކަށް 200,000 ޑޮލަރު) ހާއްސަކޮށްފައިވާއިރު، އެންމެންނަށް ފުރުސަތު ދިނުމުގެ ގޮތުން ކޮންމެ ކަސްޓަމަރަކަށްވެސް ތިން މަސް ދުވަހުގެ ތެރޭގައި ހެދެނީ އެންމެ ގިނަވެގެން ތިން މުއާމަލާތެވެ. އަދި އާންމުކޮށް ވިޔަފާރިކުރާ އެންމެ މަގުބޫލު 150 އީ-ކޮމާސް ޕްލެޓްފޯމަށް މަހަކު 3 މިލިއަން ޑޮލަރު އަދި ޒަރޫރީ ސަބްސްކްރިޕްޝަންތަކަށް މަހަކު 3 މިލިއަން ޑޮލަރު ކަނޑައަޅާފައިވާއިރު، މެޓަ އަދި ޓިކްޓޮކް ފަދަ ސޯޝަލް މީޑިއާ ވަސީލަތްތަކަށް މަހަކު 1.5 މިލިއަން ޑޮލަރު އަދި އެހެނިހެން އޮންލައިން ވިޔަފާރިތަކަށް މަހަކު 1.8 މިލިއަން ޑޮލަރު ވަނީ ބަހާލެވިފައެވެ.
ބީއެމްއެލް އިން އިތުރަށް ބުނީ، ކަސްޓަމަރުންގެ މުއާމަލާތްތައް ހުންނަ ނިސްބަތަށާއި ބޭންކަށް ލިބޭ ބޭރު ފައިސާގެ މިންވަރަށް ރިއާޔަތްކޮށް، މި ލިމިޓްތައް ދޭތެރެދޭތެރެއިން މުރާޖައާކޮށް އެކަށޭނަ ބަދަލުތައް ގެންނަމުންދާނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު