ރަށްރަށުގައި ސަރުކާރުން ހިންގާ ތަރައްޤީގެ މަޝްރޫޢުތައް ބައްޓަންކުރަމުންދަނީ އެ ރަށެއްގެ ރައްޔިތުން އެދޭގޮތަށާއި، ރަށަށް އެންމެ ފައިދާހުރި ގޮތަށް ބަލައިގެން ކަމަށް މިނިސްޓަރ އޮފް ހައުސިންގ، ލޭންޑް އެންޑް އަރބަން ޑިވެލޮޕްމަންޓް ޑރ. ޢަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެއެވެ.
މިނިސްޓަރ މިހެން ވިދާޅުވީ، ރަށްރަށުގެ ތަރައްޤީގެ މަޝްރޫޢުތަކާ ގުޅޭގޮތުން ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ މަތީ މަޖިލިސް ކޮންގްރެސްގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ޑރ. މުއްތަލިބު ވިދާޅުވީ، ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް ޕްރޮގްރާމް (ޕީއެސްއައިޕީ) ގެ ދަށުން ރަށްރަށުގައި ހިންގާ އެކި މަޝްރޫޢުތައް ކުރިއަށްގެންދާއިރު، ރައްޔިތުންގެ ޚިޔާލާއި ކަންބޮޑުވުންތަކަށް ސަރުކާރުން ވަރަށް ބޮޑަށް އިސްކަންދޭ ކަމަށެވެ. އެގޮތުން މަޝްރޫޢުތަކަށް ބަދަލު ގެނެވެން އޮތް މިންވަރަކުން، ރައްޔިތުން އެދޭ ބަދަލުތައް ހިމަނައިގެން މަސައްކަތްތައް ކުރިއަށް ގެންދިއުމަކީ ސަރުކާރުގެ މުހިންމު ސިޔާސަތެއް ކަމުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ރަށްރަށުގެ ބަނދަރު ހެދުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢުތަކަށް ކުރިމަތިވި ގޮންޖެހުންތަކަށް އަލިއަޅުއްވާލައްވަމުން މިނިސްޓަރު ވިދާޅުވީ، މީގެ ކުރިން ބޮޑުހިލަ ލިބުމުގައި ދަތިތަކެއް ހުރުމުން ބައެއް މަޝްރޫޢުތައް މަޑުޖެހިގެން ދިޔަ ކަމަށެވެ. ނަމަވެސް، އެމްޓީސީސީއާ ގުޅިގެން މިހާރު އެކަމަށް ޚާއްޞަ އިސްކަމެއް ދީގެން ހައްލު ހޯދަމުން އަންނަ ކަމަށާއި، ހުއްޓިފައިވާ މަޝްރޫޢުތައް އަލުން ފަށައި، ހަލުވި ދުވެލީގައި މަސައްކަތްތައް ނިންމުމަށް ސަރުކާރުން މެދުކެނޑުމެއްނެތި މަސައްކަތް ކުރަމުންދާ ކަމަށް ވިދާޅުވިއެވެ.
މާލޭގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަސައްކަތްތަކާ ގުޅޭގޮތުން ވާހަކަދައްކަވަމުން މިނިސްޓަރު ފާހަގަކުރެއްވީ، ކުރިން މާލޭގެ މަގުތައް އޮތް ހާލަތާއި މިހާރު ފެންނަމުންދާ ހެޔޮ ބަދަލުތަކުގެ ތަފާތު ވަރަށް ބޮޑަށް ސާފުވަމުން އަންނަ ކަމަށެވެ. މާލޭގެ ތޮއްޖެހުމާއި ޓްރެފިކް މައްސަލަތަކަށް ލުޔެއް ހޯދައިދިނުމަށް ގެންނަ މި ބަދަލުތަކަކީ މާލޭގެ ރައްޔިތުންނަށާއި އެކި ބޭނުންތަކަށް ޒިޔާރަތްކުރާ އެންމެހައި ފަރާތްތަކަށް ލިބިގެންދާނެ ވަރަށް ބޮޑު ފަސޭހައެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މިނިސްޓަރު މުއްތަލިބުގެ ވާހަކަފުޅު ނިންމަވާލައްވަމުން ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުގެ އަސާސަކީ ރައްޔިތުންގެ އަޑުއަހައިގެން، ރައްޔިތުންނާ ގާތުން މަސައްކަތްކޮށް، ޤައުމުގެ ތަރައްޤީގެ އަމާޒުތައް އެންމެ ފުރިހަމަ ގޮތުގައި ހާސިލުކުރުން ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު