ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި) އިން ސަރުކާރުން ނަގާފައިވާ 150 މިލިއަން ޑޮލަރުގެ ޓްރެޝަރީ ބިލް (ޓީ-ބިލް) ފެސިލިޓީގެ ތެރެއިން ބާކީ އޮތް 50 މިލިއަން ޑޮލަރު އަދާކުރުމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ޑޮލަރުގެ ލިކުއިޑިޓީ ފޯރުކޮށްދީފައިވާ ކަމަށާއި، އެކަމުގެ ސަބަބުން ބޭންކުގެ މާލީ ހާލަތަށް އަސަރުކޮށްފައިވާ ކަމަށް ބުނެ ދެކެވޭ ވާހަކަތައް ބީއެމްއެލް އިން ދޮގުކޮށްފިއެވެ.
ބީއެމްއެލް އިން ބުނީ ސަރުކާރުން މި ދަރަނި އަދާކުރުމާއި ބޭންކުގެ މާލީ ހާލަތާ ނުވަތަ ބޭންކިންގް އޮޕަރޭޝަންތަކާ އެއްވެސް ގުޅުމެއް ނެތް ކަމަށެވެ.
ފިނޭންސް މިނިސްޓްރީން ވެސް ކަށަވަރުކޮށްދީފައިވާ ގޮތުގައި، 17 ސެޕްޓެމްބަރު 2026 ގައި އެސްބީއައި އަށް ދެއްކި ފަހު 50 މިލިއަން ޑޮލަރަކީ ސޮވެރިން ޑިވެލޮޕްމަންޓް ފަންޑު (އެސްޑީއެފް) މެދުވެރިކޮށް ހަމަޖެއްސި ފައިސާއެކެވެ.
މިއީ 2019 ވަނަ އަހަރު ސަރުކާރުން ނެގި ޓީ-ބިލް ފެސިލިޓީ އެއްކޮށް ހަލާސްކުރުމަށް ދެއްކި ފައިސާ ކަމަށާއި، މި މުއާމަލާތުގައި ކަސްޓަމަރުންގެ ޑިޕޮސިޓެއް ނުވަތަ ބޭންކުގެ އަމިއްލަ އެއްވެސް ވަސީލަތެއް ބޭނުންކޮށްފައި ނުވާނެ ކަމަށް ބީއެމްއެލް އިން ބުންޏެވެ.
ބީއެމްއެލް އިން ފާހަގަކުރި ގޮތުގައި އެ ބޭންކަކީ މާލީގޮތުން ވަރުގަދަ، ކަނޑައެޅިފައިވާ ރިސްކް މެނޭޖްމަންޓް އޮނިގަނޑަކާއި ރެގިއުލޭޓަރީ މިންގަނޑުތަކާ އެއްގޮތަށް ހިންގަމުންދާ ބޭންކެކެވެ. ބޭންކުގެ މެނޭޖްމަންޓާއި ބޯޑުގެ ފަރާތުން ލިކުއިޑިޓީއާއި މާލީ ހާލަތު މެދުނުކެނޑި މޮނިޓާ ކުރަމުންދާއިރު، ސަރުކާރުން އެސްބީއައި އަށް ދަރަނި އަދާކުރުމަކީ ބޭންކާ ވަކިން ހިނގާފައިވާ މުއާމަލާތަކަށްވާތީ ބޭންކުގެ މާލީ ވަސީލަތްތަކަށް އެއްވެސް އަސަރެއް ނުކުރާނެއެވެ. އަދި ކަސްޓަމަރުންނަށް އަދާކުރަންޖެހޭ ޒިންމާތައް އަދާކުރުމަށް އެއްވެސް ހުރަހެއް ނެތް ކަމުގެ ޔަގީންކަން ވެސް ބޭންކުން ވަނީ ދީފައެވެ.
ބޭންކެއްގެ މާލީ ހާލަތާ ގުޅޭގޮތުން ހަގީގަތާ ހިލާފު މައުލޫމާތު ފެތުރުމަކީ ކަސްޓަމަރުންނާއި އިންވެސްޓަރުންގެ އިތުބާރު ގެއްލި މުޅި ބޭންކިންގް ދާއިރާއާއި އިގްތިސާދަށް އޭގެ ނޭދެވޭ އަސަރު ކުރާނެ ކަމެއްކަމަށް ބީއެމްއެލް އިން ބުންޏެވެ.
އެހެންކަމުން، ބޭންކާ ގުޅޭ މައުލޫމާތު ޝާއިއުކުރުމުގެ ކުރިން ދައުލަތުގެ ކަމާބެހޭ އިދާރާތަކުން މައުލޫމާތުގެ ސައްހަކަން ކަށަވަރުކުރުމަށް ސިޔާސީ ބޭފުޅުންނަށާއި މީޑިއާތަކަށް ބީއެމްއެލް އިން ވަނީ އިލްތިމާސްކޮށްފައެވެ. އަދި ބޭންކުގެ އަގުވައްޓާލުމަށް ނުވަތަ ގެއްލުންދިނުމަށް ދޮގު މައުލޫމާތު ފަތުރާ ފަރާތްތަކާމެދު ގާނޫނީ ފިޔަވަޅު އެޅުމުގެ އިހްތިޔާރު ބޭންކަށް ލިބިގެންވާކަން ވެސް ބަޔާނުގައި ވަނީ ފާހަގަކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު