އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) ގެ ސާޖިކަލް ޚިދުމަތްތައް އިތުރު ހަރުފަތަކަށް ގެންދިއުމުގެ ގޮތުން، ރޮބޮޓިކް ސާޖަރީ ތަޢާރަފްކުރުމަށް ބޭނުންވާ ޒަމާނީ ރޮބޮޓެއް ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހީމް ޢަބްދުއްރައްޒާޤު ޙަލީމް ރޭ ވިދާޅުވެއްޖެއެވެ.
ޓީވީ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ ޙަލީމް ވިދާޅުވީ، ރާއްޖެއަށް ގެނައުމަށް މަސައްކަތް ކުރަމުންދަނީ ތަފާތު 5 ނުވަތަ 6 ސްޕެޝަލިޓީއެއްގެ ސާޖަރީތައް ހެދޭވަރުގެ ޤާބިލުކަން ލިބިފައިވާ ރޮބޮޓެއް ކަމަށެވެ. އަދި މި ޕްރޮޖެކްޓް މިހާރު ވަނީ ޓެންޑަރަށް ހުޅުވާލެވި، ނޭޝަނަލް ޓެންޑަރ ބޯޑުން ބިޑުތައް އިވެލުއޭޓް ކުރުމުގެ މަރުޙަލާގައި ކަން އޭނާ ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން ރޮބޮޓިކް ސާޖަރީގެ ފައިދާތަކަށް އަލިއަޅުއްވާލައްވަމުން ޙަލީމް ވިދާޅުވީ، މިއީ ސިއްޙީ ދާއިރާއަށް ލިބިގެންދާނެ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށެވެ. އެގޮތުން އޮޕަރޭޝަން ކުރާއިރު 270 ޑިގްރީއަށް ވާސިލުވެވޭނެ ކަމަށާއި، ސާޖަރީގެ ތެރޭގައި ދިމާވާ ކޮމްޕްލިކޭޝަންތަކާއި އެހެން ގުނަވަންތަކަށް ލިބޭ ގެއްލުންތައް ވަރަށް ބޮޑަށް ކުޑަކުރެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.
"މިއީ ވަރަށް 'ލެސް އިންވޭސިވް' ކަމެއްވީމަ، ބޮޑެތި އަދި އުނދަގޫ ސާޖަރީތައް ވެސް ފަސޭހަކަމާއެކު ހެދި، ބަލިމީހާ އަވަހަށް ފަސޭހަވުމުގެ ފުރުޞަތު އެބައޮވޭ. އޭގެ ސަބަބުން ހޮސްޕިޓަލުގައި ހޭދަކުރަންޖެހޭ ވަގުތު ކުޑަވެ، އަވަހަށް ޑިސްޗާޖް ކުރެވޭނެ. އަދި ހޮސްޕިޓަލުގައި ގިނަ ދުވަހު ބާއްވަން ނުޖެހުމުން 'ހޮސްޕިޓަލް އެކުއަޔާޑް އިންފެކްޝަން' ތަކުންވެސް ބަލިމީހާ ރައްކާތެރިވާނެ،" ހަލީމް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު