ރާއްޖޭގައި ބޭއްވުމަށް ހަމަޖެހިފައިވާ "ވަރލްޑް ޓްރެވަލް އެވޯޑްސް އޭޝިއާ، އޯޝެނިއާ އެންޑް އިންޑިއަން އޯޝަން 2026" ގެ ޕްލެޓިނަމް ޓައިޓަލް ސްޕޮންސަރަކަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ހަމަޖައްސައި، އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.
ބީއެމްއެލް އިން ބުނީ މި ހަފްލާ ރާއްޖޭގައި ބޭއްވުމަށް ތާވަލުކޮށްފައިވަނީ 27 ސެޕްޓެންބަރު 2026 ގައި ކަމަށެވެ. ފަތުރުވެރިކަމާއި ހޮސްޕިޓޭލިޓީ ދާއިރާގެ އެންމެ ފާހަގަކޮށްލެވޭ އެއް ހަރަކާތް ކަމަށްވާ މި އެވޯޑު ހަފްލާ އެންމެ ފަހުން ރާއްޖޭގައި ބާއްވާފައިވަނީ މީގެ 10 އަހަރު ކުރިންނެވެ.
ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ 40 އަށް ވުރެ ގިނަ ޤައުމުގެ އިސް މަންދޫބުން ބައިވެރިވާ މި ހަފްލާގެ ޕާޓްނަރަކަށް ވުމަކީ ލިބުނު ވަރަށް ބޮޑު ޝަރަފެއް ކަމަށް ބީއެމްއެލްއިން ވަނީ ހާމަކޮށްފައެވެ. މި ހަފްލާގައި ދުނިޔޭގެ މަޝްހޫރު ހޮޓެލްތަކާއި ރިސޯޓުތަކުގެ އިސްވެރިންނާއި، އެކި ޤައުމުތަކުގެ ޓޫރިޒަމް ބޯޑުތަކާއި ސަރުކާރުތަކުގެ މަންދޫބުން ބައިވެރިވާނެއެވެ.
ހަމައެއާއެކު، ފަތުރުވެރިކަމުގެ ދާއިރާގެ އިންވެސްޓަރުންނާއި، އެއާލައިންތަކާއި އޭވިއޭޝަން ދާއިރާގެ އިސް ފަރާތްތަކުގެ އިތުރުން ބައިނަލްއަޤުވާމީ ޓްރެވަލް މީޑިއާތަކުން ވެސް މި ހަފްލާގައި ބައިވެރިވާނެ ކަމަށް ބީއެމްއެލް އިން މަޢުލޫމާތުދީފައިވެއެވެ.
ބީއެމްއެލް އާއި ވިސިޓް މޯލްޑިވްސް ކޯޕަރޭޝަނާ ދެމެދު ވެވުނު މި އެއްބަސްވުމުގެ ސަބަބުން، ރާއްޖެއާއި ބައިނަލްއަޤުވާމީ ފަތުރުވެރިކަމުގެ ދާއިރާގެ އިސް ފަރާތްތަކާއެކު އޮންނަ ގުޅުން އިތުރަށް ބަދަހިކޮށް، ގާތުން މަސައްކަތްކުރުމުގެ ފުރުސަތު ފަހިވާނެ ކަމަށް ބީއެމްއެލް އިން ބުނެފައިވެއެވެ.
އަދި މިއީ ރާއްޖޭގެ އިޤްތިޞާދުގެ މައިބަދަ ކަމުގައިވާ ފަތުރުވެރިކަމުގެ ސިނާއަތް ކުރިއެރުވުމަށާއި، މި ދާއިރާގެ ވިޔަފާރިތަކަށާއި ހިއްސާދާރުންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި ޤައުމީ ބޭންކުން ދޭ އަހުމިއްޔަތުކަން ހާމަކޮށްދޭ ކަމެއް ކަމަށް ބޭންކުން ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު