ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް
ޝަހީދު ޙުސައިން އާދަމްގެ ލޮބުވެތި ބައްޕަ ހދ. ކުޅުދުއްފުށީ މާވާގޭ އާދަމް މުޙައްމަދަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، މިއަދު ފޯނުން ގުޅުއްވައި ޝުކުރު އަދާކުރަށްވައިފިއެވެ.

ރައީސުލް ޖުމްހޫރިއްޔާގެ އޮފީހުން ވިދާޅުވީ، މި ފޯންކޯލްގައި ނޮވެންބަރު 3ގެ ޢުދުވާނީ ޙަމަލާގައި ޙުސައިން އާދަމް ވެވަޑައިގެންނެވި މަތިވެރި ޤުރްބާނީގެ އަގު ވަޒަން ކުރައްވައި އެކަމަށްޓަކައި ރައީސް ޞާލިޙް ޝުކުރު އަދާކުރައްވާފައިވާ ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ ފޯނުން ގުޅުއްވައި ވާހަކަފުޅު ދައްކަވަމުން، 1988 ވަނަ އަހަރުގެ ނޮވެންބަރު މަހުގެ 3 ވަނަ ދުވަހު ދިވެހިންގެ މަދުބަޔަކާއި ބޭރުގެ ޓެރަރިސްޓް ޖަމާޢަތަކާ ގުޅިގެން ރާއްޖެއަށް ދިން ޢުދުވާނީ ޙަމަލާގައި، މާތްވެގެންވާ އިސްލާމްދީނާއި ދިވެހި ޤަައުމާއި ދިވެހި ރައްޔިތުންގެ ޙައްޤުގައި ފުރާނަ ޤުރްބާން ކުރައްވައި، އެކުރެއްވި މަތިވެރި ޖިހާދަކީ، ރާއްޖޭގެ ތާރީޚުން ދުވަހަކުވެސް ފަނޑުވެގެންދާނެ ޖިހާދެއް ނޫންކަން ފާހަގަކުރެއްވިއެވެ. އަދި ޝަހީދު ޙުސައިން އާދަމަށްޓަކައި މުޅި ދިވެހި ޤައުމު ފަޚުރުވެރިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ނޮވެމްބަރު، 3 1988 ގައި ރާއްޖެ އަށް ދިން އުދުވާނީ ހަމަލާގައި ބާޣީންގެ ރަހުމެއް ކުލެނެެއް އިންސާނިއްޔަތު ކަމެއްނެތް ލާއިންސާނީ އަމަލުތަކުގެ ސަބަބުން 19 ދިވެހިން ވަނީ ޝަހީދު ވެފައެވެ. އެހަމަލާ ރޭވުމުގައި އިސްކޮށް ތިބީ ހ. ހާޖަރާގެ އަބުދު ﷲ ލުތުފީ އާއި ސަގަރު ނާސިރެވެ.

ލުތުފީގެ އިތުރުން އިތުރު ބައެއް ދިވެހިން މެރުމަށް އޭރުގެ ހައި ކޯޓުން ވަނީ ހުކުމްކޮށްފައެވެ. ނަމަވެސް އޭރުގެ ރައީސް މަައުމޫން އަބްދުލްގައްޔޫމް ވަނީ އެ އެންމެންގެ މަރުގެ އަދަބު އުމުރު ދުވަހުގެ ޖަލު ހުކުމަކަށް ބަދަލުކޮށް ދީފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން