މިދިޔަ ޖުލައި މަހުގެ 15ގައި ރާއްޖޭގެ ބޯޑަރު ހުޅުވާލި ފަހުން 41766 ފަތުރުވެރިން ރާއްޖެ އައިސްފައިވާކަމަށް ފަތުރުވެރިކަމާބެހޭ ވުޒާރާއިން ހާމަކޮށްފިއެވެ.
ފަތުރުވެރިކަމާބެހޭ ވުޒާރާއިން އާންމުކުރި ތަފާސްހިސާބުތައް ދައްކާ ގޮތުން ބޯޑަރު ހުޅުވިފަހުން އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައި ވަނީ މިދިޔަ މަހުއެވެ. އެގޮތުން ފާއިތުވީ އޮކްޓޯބަރު މަހު ރާއްޖެ އަށް 21309 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ.
ތަފާސް ހިސާބުތައް ދައްކާގޮތުން މިއަހަރުގެ ޖުލައިމަހު ރާއްޖެ އައީ 1752 ފަތުރުވެރިންނެވެ. އަދި އޮގަސްޓްމަހު 7628 ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު، ސެޕްޓެމްބަރު މަހު 9538 ފަތުރުވެރިން ޒިޔާރަތްކޮށްފައިވެއެވެ. އަދި މިމަހުގެ އެއްވަނަ ދުވަހު އެކަނި 1590 ފަތުރުވެރިން ވަނީ ރާއްޖެ އައިސްފައެވެ.
ތަފާސްހިސާބުތައް ދައްކާ ގޮތުން ފަތުރުވެރިން ރާއްޖޭގައި އެވްރެޖްކޮށް ހޭދަ ކުރަނީ 9.6 ދުވަހެވެ. އަދި މިހާތަނަށް 1210 ފަތުރުވެރިން ގެސްޓްހައުސްތަކަށް އައިސްފައިވާއިރު، 548 ފަތުރުވެރިން އައިސްފައިވަނީ މާފުށްޓަށެވެ.
ތަފާސް ހިސާބުތައް ދައްކާގޮތުން ފަތުރުވެރިންނަށް ހިދުމަތްދޭ 307 ތަނެއް ވަނީ އަލުން ހުޅުވާފަ އެވެ. މީގެތެރޭގައި ހިމެނެނީ، 127 ރިސޯޓާއި، 2 ޔޮޓް މެރީނާ އާއި، 5 ހޮޓަލާއި، 120 ސަފާރީ އަދި 53 ގެސްޓުހައުސް އެވެ.

ކިޔުންތެރިންގެ ހިޔާލު