ކެފޭއެއްގެ ތެރޭގައި ބަޔަކަށް އަނިޔާކުރި މީހަކު ހައްޔަރުކޮށްފިއެވެ.
މި މައްސަލައާ ގުޅިގެން ފުލުހުން ހައްޔަރުކޮށްފައިވަނީ ގއ. މާމެންދޫއަށް ނިސްބަތްވާ އެ ރަށު އިފަން، އިފްހާމް އަހުމަދުއެވެ. އުމުރުން 19އަހަރުގެ އިފަން އެ މާރާމާރީއާ ގުޅިގެން އޭނާ ހައްޔަރުކޮށް، ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން މިއަދު އޭނާ ވަނީ 16 ދުވަހަށް ބަންދުކޮށްފައެވެ.
ކޯޓު އަމުރުގައި ފާހަގަކޮށްފައިވާ ގޮތުގައި، ގާނޫނުއަސާސީގެ 49 ވަނަ މާއްދާއާއި ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 59 އަދި 60 ވަނަ މާއްދާއަށް ރިއާޔަތްކޮށް އޭނާ ބަންދުކުރަން ނިންމީ، ބަންދުން ދޫކޮށްލައިފިނަމަ މުޖުތަމައުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެ ކަމަށް ފެންނާތީއެވެ.
ކޯޓު އަމުރުގައި ފާހަގަކޮށްފައިވާ ގޮތުގައި އިފްހާމް ބަޔަކަށް އަނިޔާކުރީ ކެފޭތެރޭގައި އެ މީހުން ހިފެހެއްޓުމަށްފަހުއެވެ. ނަމަވެސް އޭނާ ވަނީ ތުހުމަތުތަކަށް އިންކާރުކޮށްފައެވެ. އެކަމަކު ފުލުހުން ވަނީ އެކަން ދޮގުކޮށް މެޑިކަލް ރިޕޯޓްއާއި އަނިޔާ ލިބުނު ފަރާތްތަކުގެ ބަޔާނާއި ފޮޓޯ އަދި ސީސީޓީވީވެސް އޭނާއާ ދެކޮޅަށް ހުށަހަޅައިފައެވެ.

ކިޔުންތެރިންގެ ހިޔާލު