ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންތަކެއް
ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންތަކެއް
ބޯޑަރު ހުޅުވާލި ފަހުން ރާއްޖެއަށް އެންމެގިނަ ފަތުރުވެރިން ޒިޔާރަތްކުރި ގައުމަކަށް ރަޝިޔާ ވެއްޖެއެވެ.

ފަތުރުވެރިކަމާބެހޭ ވުޒާރާއިން އާއްމުކޮށްފައިވާ ތަފާސްހިސާބުން ދައްކާގޮތުން ޖުލައި 15 ގައި ބޯޑަރުތައް ހުޅުވާލި ފަހުން މި މަހުގެ ހަތަރުވަނަ ދުވަހުގެ ނިޔަލަށް ރަޝިޔާ އިން 9،519 ފަތުރުވެރިން ވަނީ ރާއްޖެއަށް ޒިޔާރަތްކޮށްފައެވެ. އެގައުމުން ރާއްޖޭގެ ފަތުރުވެރިކަމުގެ މާކެޓުގެ 21.5 އިންސައްތަ ވަނީ ޙިއްސާކޮށްފައެވެ.

އޭގެ އިތުރުން އިނގިރޭސިވިލާތުން 3،817 ފަތުރުވެރިން ޒިޔާރަތްކޮށްފައި ވާއިރު، އެކުވެރި އަރަބި ޢިމާރާތުން 3،683 ފަތުރުވެރިން ވަނީ ރާއްޖެއަށް ޒިޔާރަތްކޮށްފަވެއެވެ.

މި އަހަރުގެ މިހާތަނަށް ރާއްޖެއަށް 427،212 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވާ އިރު، ޓޫރިޒަމް މިނިސްޓްރީ އިން ވަނީ މި އަހަރު ނިމުމުގެ ކުރިން 500،000 ފަތުރުވެރިން ރާއްޖެ ގެނައުމަށް އަމާޒު ހިފައިފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން