މާލެ މަތިިން ފެންނަ ފޮޓޯއެއް: މާލެ ތޮއްޖެހިފައިވާ މައްސަލައަށް ހައްލެއް ހޯދައިދީ އެންމެންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަކީ ސަރުކާރުގެ ވަޢުދެއް
މާލެ މަތިިން ފެންނަ ފޮޓޯއެއް: މާލެ ތޮއްޖެހިފައިވާ މައްސަލައަށް ހައްލެއް ހޯދައިދީ އެންމެންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަކީ ސަރުކާރުގެ ވަޢުދެއް
މާލޭ ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް މިސަރުކާރުން ހިންގާ ބޯހިޔާވަހިކަމުގެ މަޝްރޫޢު އަންނަ އަހަރު ފެށިގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ދެއްވި ޚިޠާބުގައި ރައީސް އިބްރާހީމް ވިދާޅުވީ، ލާމަރުކަޒީ ނިޒާމުން ރާއްޖެ ތަރައްޤީކުރާއިރު، ސަރުކާރުގެ އަމާޒުން މާލެ ކައްސާލައިގެން ނުދާ ކަމަށާއި، މާލޭ ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދޭނެ ކަމަށެވެ.

"ކުރިއަށް އޮތް އަހަރު ސަރުކާރުން ކުރާނެ އެންމެ މުހިންމު މަސައްކަތަކީ، އަމިއްލަ ބޯހިޔާވަހިކަމެއް ނެތް، މާލެއަށް އުފަން ރައްޔިތުންނަށް ބޯހިޔާވަހިކަން ހޯދައިދިނުމުގެ ޚާއްޞަ މަޝްރޫޢުތަކެއް މާލެ ސަރަޙައްދުގައި ފެށުން." ރައީސް ޞާލިޙް ވިދާޅުވިއެވެ.

ހަމަމިއާ އެކު، ނަފްސާނީ ދުޅަހެޔޮކަމަށް، ޤައުމީ ފެންވަރުގައި ޚާއްޞަ ސަމާލުކަމެއް ދީގެން މަސައްކަތް ކުރަން ފެށިފައިވަނީ، މިދިޔަ އަހަރުގެ ތެރޭގައި ކަމަށާއި، އެ މަސައްކަތް އިތުރަށް ފުޅާކޮށް، ނަފްސާނީ ބަލިތަކަށް ފަރުވާ ދިނުމުގެ ޚިދުމަތް، އިރާދަކުރެއްވިއްޔާ އަންނަ އަހަރުގެ ތެރޭގައި، އަތޮޅުތަކުގައި ފެށޭނެ ކަން ރައީސް ފާހަގަކުރެއްވިއެވެ. މިހާރު ކުރިމަތިވެފައި މިވާ ކޮވިޑްގެ ސަބަބުން، މުޅި ދުނިޔޭގައިވެސް ނަފްސާނީ މައްސަލަތައް އިތުރުވެ، އެކަމަށް ދޭ ސަމާލުކަން އިތުރުކުރަން ޖެހިފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން