ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް
2023 ގެ ނިޔަލަށް ރާއްޖޭގެ ހުރިހާ ރަށެއްގައި ފެނާއި ނަރުދަމާ ނިޒާމްގެ ޚިދުމަތް ޤާއިމްކުރާނެ ކަމަށް ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ދެއްވި ޚިޠާބުގައި ރައީސް ޞާލިޙް ވިދާޅުވީ، ސާފު ބޯފެން ލިބުމާއި ރައްކާތެރި ނަރުދަމާ ނިޒާމެއްގެ ޚިދުމަތް ދިނުމަށް ރިޔާސީ އިންތިޚާބުގައި ވަޢުދުވެފައިވާ ގޮތަށް، ސަރުކާރުން މިހާރު އަމާޒު ހިފާފައިވަނީ، ބޯފެނާއި ނަރުދަމާ ޤާއިމުކުރުމުގެ މަސައްކަތް، މިހާތަނަށް ނުފެށި ހުރި ރަށްރަށުގައި، މިއަންނަ އަހަރު ޢަމަލީ މަސައްކަތް ފެށުމަށް ކަމަށެވެ.

"2023 ގެ ނިޔަލަށް ރާއްޖޭގެ ހުރިހާ ރަށެއްގައި ފެނާއި ނަރުދަމާ ނިޒާމްގެ ޚިދުމަތް ޤާއިމްކުރަން." ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން ކުޅިވަރުގެ ދާއިރާއިން ޒުވާނުން ބިނާކުރުމުގައި، ސަރުކާރުގެ މައިގަނޑު ސިޔާސަތަކީ، ބައިނަލްއަޤްވާމީ މުބާރާތްތަކަށް އަމާޒުކޮށްގެން، ރާއްޖޭގެ ކުޅިވަރު ވަސީލަތްތައް ތަރައްޤީކުރުން ކަމަށާއި، މިމަސައްކަތުގެ ދަށުން، މިއިން ޒަމާނެއްގައިވެސް ކުޅުންތެރިންނަށް ފަހިކޮށްދެވިފައި ނުވާހާ ގިނަ ވަސީލަތްތައް މިއަންނަނީ ފަހިކޮށްދެމުން ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ޞާލިޙް ވިދާޅުވީ، ތަރައްޤީގެ މަގުގައި ޤައުމެއްގެ ހައިސިއްޔަތުން ހޯދޭނެ އެންމެ ބޮޑު ކުރިއެރުމަކީ، މިހާރަށް ވުރެ ރަނގަޅު ޙާލަތެއްގައި، ކުރިމަގުގެ ޖީލަށް ޤައުމު ގެންގޮސްދިނުން ކަމަށާއި، މިއަދުގެ ދިރިތިބީންގެ އެންމެ މުހިންމު ވާޖިބަކީވެސް އެއީ ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން