ތުރުކީވިލާތުގެ ވެރިރަށް އިސްތަންބޫލުގެ މަގެއްގައި ބޮމެއް ގޮއްވައިލާ 6 މީހުން މަރުވެފައިވާއިރު އެ ސިޓީގައި ތިބި ދިވެހިންގެ ހާލު ގާތުން ބަލަމުން ވެންދާކަމަށް ފޮރިން މިނިސްޓްރީން ހާމަކޮށްފިއެވެ.
އިސްތަންބޫލުގައި އިސްތިޤުލާލް އެވެނިޔުގައި ދިން މި ހަމަލާގައި 6 މީހުން މަރުވިއިރު 81 މީހުން ޒަޚަމުވިއެވެ.
ތުރުކީ ވިލާތުގެ ސަރުކާރުން ވަނީ މިއީ ޓެރެރިސްޓު ހަމަލާއެއް ކަމުގައި ސިފަކޮށްފައެވެ.
ރާއްޖޭގެ ހާރިޖިއްޔާއިން ބުނީ ދިވެހިންގެ ގިނަ ބަޔަކު ގޮސް އުޅޭ ތުރުކީގެ އިސްތަންބޫލްގައި ބޮމެއް ގޮއްވާލުމާ ގުޅިގެން އެސިޓީގައި ތިބި ދިވެހިންގެ ހާލު ދަނީ ގާތުން ބަލަމުންކަމަށެވެ. އަދި އެ ގައުމުގައި އުޅޭ އެއްވެސް ދިވެއްސަކު އެހީތެރިކަމެއް ބޭނުންވާނަމަ 9607983400 ނަންބަރު ފޯނަށް ގުޅުއްވުމަށް ހާރިޖިއްޔާއިން އެދެއެވެ.
ތުރުކީގައި ދިން ބޮމުގެ ހަމަލާގެ ޒިންމާ އެއްވެސް ފަރާތަކުން އުފުލާފައި ނުވިނަމަވެސް، މިއީ ތުރުކީ ވިލާތުގެ ސަރުކާރާ ދެކޮޅަށް ހަރަކާތްތެރިވާ ކުރުދީ ހަނގުރާމަވެރިންގެ ހަމަލާއެއް ކަމަށް އެ ޤައުމުގެ ސަރުކާރުން ޤަބޫލު ކުރެއެވެ.
ކުރުދީ ހަނގުރާމަވެރިން ވަނީ މީގެ ކުރިންވެސް މިފަދަ ހަމަލާތައް ދީފައެވެ.

The Ministry is closely monitoring the situation of Maldivians in Istanbul, Türkiye, to ensure their safety following the explosion in #TaksimSquare.
— Ministry of Foreign Affairs 🇲🇻 (@MoFAmv) November 14, 2022
For urgent consular assistance please contact +9607983400
ތުރުކީގައި ދިން ބޮމުގެ ހަމަލާގެ ޒިންމާ އެއްވެސް ފަރާތަކުން އުފުލާފައި ނުވިނަމަވެސް، މިއީ ތުރުކީ ވިލާތުގެ ސަރުކާރާ ދެކޮޅަށް ހަރަކާތްތެރިވާ ކުރުދީ ހަނގުރާމަވެރިންގެ ހަމަލާއެއް ކަމަށް އެ ޤައުމުގެ ސަރުކާރުން ޤަބޫލު ކުރެއެވެ.
ކުރުދީ ހަނގުރާމަވެރިން ވަނީ މީގެ ކުރިންވެސް މިފަދަ ހަމަލާތައް ދީފައެވެ.
ކިޔުންތެރިންގެ ހިޔާލު