ތ. މަޑިފުއްޓަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު މީހަކަށް 27 އަހަރުގެ ޖަލުހުކުމެއް އިއްވައިފިއެވެ.
މިއީ މި އަހަރުގެ ފެބްރުއަރީ މަހުގެ 5 ވަނަ ދުވަހު މަޑިފުއްޓަށް މަސްތުވާތަކެތި އެތެރެކުރަން އުޅޭކަމުގެ މައުލޫމާތު ލިބިގެން ފުލުހުން ހުއްޓުވާ ފާސްކުރި އެ ރަށު ދޮންވެލި، ޙުސައިން ޝަރޫން އަތުން މަސްތުވާތަކެތި ފެނިގެން ދައުވާ އުފުލި މައްސަލައެކެވެ.
ފުލުހުން މިއަދު ބުނީ އެ މައްސަލާގައި އޭނާ ބަލާ ފާސްކުރިއިރު މަސްތުވާތަކެތި ފެނިފައިވާތީ ދައުވާކުރަން ފޮނުވުމުން ދައުވާ ސާބިތުވެ އޭނާގެ މައްޗަށް 27 އަހަރާއި 11 މަހާއި 20 ދުވަހަށް ޖަލު ހުކުމެއް އެ ރަށު މެޖިސްޓްރޭޓް ކޯޓުން އިއްވާފައިވާ ކަމަށެވެ.
އަތޮޅު ތެރޭގެ ރަށްތަކަށް މަސްތުވާތަކެތި އެތެރެކުރުން ހުއްޓުވުމަކީ ފުލުހުން އިސްކަމެއް ދީގެން ކުރަމުން އަންނަ މަސައްކަތެކެވެ.

ކިޔުންތެރިންގެ ހިޔާލު