ޓެކްސީތައް އެއަރޕޯޓަށް ނުދާނަމަ ދައުލަތުން އެޚިދުމަތް ދޭންޖެހޭނެ ކަމަށާއި ނަމަވެސް ޓެކްސީ ވިޔަފާރީގެ ތެރެއަށް ވަނުމުގެ ވިސްނުމެއް ނެތްކަމަށް ދަތުރުފަތުރާބެހޭ ވަޒީރު މުހައްމަދު އަމީން ވިދާޅުވެއްޖެއެވެ.
ރާއްޖޭގެ އޮންލައިން މީޑިއާއަކަށް ދެއްވި ބަސްދީގަތުމެއްގައި ވަޒީރު އަމީން ވިދާޅުވީ ޓެކްސީގެ ޚިދުމަތަކީ މަދަނީ ޚިދުމަތެއް ކަމަށާއި، ނަމަވެސް ޓެކްސީތައް އެއާޕޯޓަށް ނުދާނަމަ ނުވަތަ ޚިދުމަތް ދިނުން ހުއްޓާލައިފިނަމަ، ދައުލަތުން އެޚިދުމަތް ފޯރުކޮށްދޭނެ ކަމަށެވެ.
"އެކަމަކު އަދިއެއް ސަރުކާރުން އެއާޕޯޓަށް ޓެކްސީ ނެރެގެން އާންމު ވިޔަފާރިއަށް ވެދެގެން ނުދޭ. އެއީ ހަގީގަތާ ހިލާފު ވާހަކެއް." ވަޒީރު އަމީން ވިދާޅުވެފައިވެއެވެ.
ޓެކްސީތަކުގެ ވެރިން މިހާރު ފާޅުކުރަމުންދާ ކަންބޮޑުވުންތަކާ ގުޅިގެން އަމީން ވިދާޅުވީ ރާއްޖޭގައި 6 ސީޓަށްވުރެ ގިނަ ސީޓު ހުންނަ އުޅަނދުތަކުގައި ޓެކްސީގެ ޚިދުމަތް ދެމުން ގެންދާތާ ދުވަސްތަކެއް ވެފައިވާ ކަމަށެވެ. ނަމަވެސް އެ އުޅަނދުތަކަށް ޚާއްސައަގެއް އެއްވެސް ސަރުކާރެއްގައި ކަނޑައަޅާފައި ނުވާކަމަށާއި، މި ސަރުކާރުން ހަމައެކަނި ކުރި ކަމަކީ ކުރިން އަގު ކަނޑައަޅާފައިނެތް ކެޓަގަރީއަކަށް އަގު ކަނޑައެޅުން ކަމަށެވެ.
"ސަރުކާރުން މި ކޮށްދިން ކަމަކީ ބަޔަކު އަމިއްލައަށް އެމީހަކު ހިތު ހުރި ގޮތަކަށް އަގެއް ކަނޑައަޅައިގެން ދަތުރު ކުރާތީ އެއަށް އަދަދެއް ކަނޑައެޅީ." ވަޒީރު ވިދާޅުވިއެވެ.
ވަޒީރު މިހެން ވިދާޅުވެފައިވާއިރު އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޓެކްސީ ޑްރައިވަރުން ބުނީ ޓްރާންސްޕޯޓް މިނިސްޓްރީން ޓެކްސީ ދަތުރުތަކުގެ އަގުތައް ކަނޑައެޅީ ޑްރައިވަރުންނާ މަޝްވަރާ ކުރުމެއް ނެތި ކަމަށެވެ. އަދި ޓެކްސީގެ އަގު ސަރުކާރަށް ކޮންޓްރޯލު ކުރެވިގެން ނުވާނެކަމަށްވެސް ޓެކްސީ ޑްރައިވަރުން ވަނީ ބުނެފައެވެ.
މިނިސްޓްރީން މިހާރު ކަނޑައަޅާފައިވަނީ ތިން ލަގެޖަށް ވުރެ އިތުރަށް ޓެކްސީތަކަށް ލަޖެޖް އަރުވާނަމަ ލަގެޖަކަށް 5 ރުފިޔާގެ ރޭޓުން ފައިސާ ނެގޭނެ ކަމަށެވެ. އަދި 7 ސީޓާއި 10 ސީޓު ހުންނަ އުޅަނދުތަކުގައި އަންނަ ހޯމަދުވަހުން ފެށިގެން ދަތުރު ކުރެވޭނީ 110 ރުފިޔާއަށް ކަމަށް މިނިސްޓްރީން މިހާރު ވަނީ ހަމަޖައްސާފައެވެ.

ކިޔުންތެރިންގެ ހިޔާލު