ރަޝިޔާގެ ރައީސް ވްލެޑަމިއަރ ޕުޓިން ރަސްމީ ޒިޔާރަތެއްގައި ޗައިނާއަށް ވަޑައިގެންފިއެވެ.
މި ދަތުރުފުޅުގައި ޗައިނާގެ ރައީސް ޒީ ޖިންގޕިން އާއެކު އެކި މައުޟޫއުތަކުގައި މަޝްވަރާ ކުރެވޭނެކަމަށް ރަޝިޔާގެ ފޮރިން މިނިސްޓްރީން މައުލޫމާތު ދެއެވެ. އެގޮތުން ދެ ގައުމު ދޭތެރޭގައި އޮންނަ އެކުވެރިކަން އިތުރަށް ބަދަހިކޮށް ތަރައްގީއަށް މަސައްކަތް ކުރެވޭނެ ކަންތައްތަކާއި ބެހޭގޮތުން މަޝްވަރާ ކުރާނޭ ކަމަށްވެސް ރަޝިޔާގެ ފޮރިން މިނިސްޓްރީން ބުނެއެވެ.
ޔޫކްރެއިން އާއި ރަޝިޔާއާ ދެމެދު ކުރިޔަށްދާ ހަނގުރާމަ އާއި ގުޅިގެން ރަޝިޔާއަށް ދަތިކުރުމުގެ ފިޔަވަޅުތައް އަޅާފައިވާތީ ރަޝިޔާއިން ވިޔަފާރިކުރުމުގައި ވަނީ ޗައިނާއަށް ވަރަށް ބޮޑަށް ބަރޯސާވެފަވެއެވެ.
ޔޫކްރެއިން އާއި ރަޝިޔާ ކުރާ ހަނގުރާމައިގައި ޗައިނާއިން ވަނީ ވަކި ކޮޅަކަށް ނުޖެހޭކަމަށް ބުނެފައެވެ. އަދި ޗައިނާއިން 2023 ގައި ވަނީ ހަނގުރާމަ ހުއްޓާލުމަށް ހުށައެޅުންތަކެއް ރަޝިޔާ އަދި ޔޫކްރެއިން އަށް ހުށައަޅާފައެވެ. މި ހުށައެޅުންތަކަށް އެކި ގައުމަތަކުން ވަރަށް ގިނަ ފާޑުކިޔުންތައް އަމާޒުވިއެވެ.

ކިޔުންތެރިންގެ ހިޔާލު