ރާއްޖެ މިނިވަން ޤައުމެެއްގެ ގޮތުގައި ދެމިއޮތުމުގެ މަސްދަރަކީ އިސްލާމްދީން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.
ދިވެހިރާއްޖެ އިސްލާމްވި ދުވަހުގެ ތަހުނިޔާ އާއި އިޚްލާޞްތެރި ހެޔޮ އެދުން ލޮބުވެތި ރައްޔިތުނަށް އަރިސް ކުރަށްވަމުން ކުރެއްވި ޓްވީޓްގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވީ، މި ރާއްޖެ މިނިވަން ޤައުމެެއްގެ ގޮތުގައި ދެމިއޮތުމުގެ މަސްދަރަކީ އިސްލާމްދީންކަމަށެވެ.
ތާރީޚީ ފަތްފުށްތައް ބުނާ ގޮތުން ދިވެހި ދަޢުލަތުގެ ރަސްމީ ދީނެއްގެ ގޮތުގައި އިސްލާމްދީން ކަނޑައެޅިގެން ދިޔައީ ހިޖުރައިން 548 ވަނަ އަހަރު ރަބީޢުލްއާޚިރާ މަހުގެ 2ވަނަ ދުވަހުއެވެ. މިއަދު މިފެށުނީ ދިވެހިރާއްޖެ އިސްލާމްވިތާ 895 ވަނަ އަހަރެވެ.
އެމަނިކުފާނުގެ މެސެޖް ނިންމަވާލައްވާފައިވަނީ އިސްލާމްދީނުގެ ނޫރު އަބަދަށްމެ މި ދިވެހިފަސްގަނޑުގައި ދެމެހެއްޓެވުން އެދި ﷲ ސުބްޙާނަހޫ ވަތަޢާލާގެ ކިބަފުޅަށް ދުޢާ ދަންނަވަމުންނެވެ.
މީލާދީ ގޮތުން ދިވެހި ދަޢުލަތުގެ ރަސްމީ ދީނެއްގެ ގޮތުގައި އިސްލާމްދީން ކަނޑައެޅިގެން ދިޔައީ 1153ވަނަ އަހަރުއެވެ. އެދުވަސްވަރު ދިވެހިން އަޅުކަން ކުރީ ބުދު ދީނަށެވެ. ރަސްކަމުގެ ތަޙުތުގައި އޭރު އިންނެވީ ސްރީތިރިބުވަނަ އާދީއްތިޔަ މަހާރަދުންނެވެ. އިސްލާމްދީން ޤަބޫލުކުރެއްވުމަށްފަހު ރަސްގެފާނުގެ ނަންފުޅު އައްސުލްޠާން މުޙައްމަދު ބުނި ޢަބްދިﷲ ސިރީބަވަނާދީއްތަ މަހާރަދުންނަށް ބަދަލުކުރެއްވިއެވެ. މިއީ މަޝްހޫރު ދަރުމަވަންތަ މަހާރަދުންނެވެ.
ދަރުމަވަންތަ ރަސްގެފާނަށް އިސްލާމްދީނުގެ ދަޢުވަތު ދެއްވި ކަމަށް ތާރީޚުގައި ލިޔެވިފައިވަނީ، މަޣްރިބްކަރައިގެ ބޭކަލެއް ކަމަށްވާ އަބުލް ބަރަކާތު ޔޫސުފުލް ބަރްބަރީ އެވެ. ރާއްޖެ އިސްލާމްވުމާއި ގުޅޭ ފޯކްލޯރުތައް އެކި ގޮތްގޮތަށް ވާރިދުވަމުން އައިސްފައިވެއެވެ. އޭގެ ތެރެއިން އެންމެ ޢާއްމު އެއް ވާހަކައަކީ ރަންނަމާރީގެ ފޯކްލޯރެވެ.
ދިވެހި ރައްޔިތުން އިސްލާމްވި ދުވަސް ރަސްމީ ސިފައެއްގައި އެންމެ ފުރަތަމަ ރަސްމީގޮތުން ފާހަގަކުރެވުނީ އައްސުލްޠާން މުޙައްމަދު ފަރީދުލް އައްވަލްގެ ރަސްކަމުގައި، ސުމުއްވުލް އަމީރު އިބްރާހީމް ފާމުލަދޭރި ކިލެގެފާނުގެ ބޮޑުވަޒީރު ކަމުގައެވެ. އެއީ ހިޖުރައިން 1374 ވަނަ އަހަރުއެވެ.

ކިޔުންތެރިންގެ ހިޔާލު