ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް
މޫސުން ގޯސްވެ ހއ. ހޯރަފުއްޓަށް ރައީސް އިބްރާހިމް މުހައްމަދު ޞާލިޙް މިއަދު ކުރައްވަން ހަމަޖެހިފައިވާ ދަތުރުފުޅު، މާދަމާއަށް ފަސްކޮށްފިއެވެ.

އުތުރުގެ ގިނަ ރަށްތަކަކަށް މިހާރު ވެސް ބޯކޮށް ވާރޭވެހެމުންދާއިރު، މެޓް އޮފީހުން ވަނީ، އުތުރުގެ އަތޮޅުތަކަށް ޔެލޯ އެލާޓް ނެރެފައެވެ.

ރައީސް، ހޯރަފުއްޓަށް ވަޑައިގަންނަވަން ނިންމެވީ ހއ. ހޯރަފުށީ އެއާޕޯޓް ހުޅުވުމުގެ ރަސްމިއްޔާތަށެވެ. މިއީ ކޮވިޑާއެކު މާލެ ލޮކްޑައުން ކުރި ފަހުން ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް މާލެއިން ބޭރަށް ވަޑައިގަންނަވާ ފުރަތަމަ ފަހަރެވެ. މިއަދު ހަވީރަށް އެ ރަސްމިއްޔާތު ތާވަލުކޮށްފައިވާއިރު ރަސްމިއްޔާތު ކެންސަލް ކުރިކަން އަދި ހާމަކޮށްފައެއް ނުވެއެވެ.

ހޯރަފުށި އެއަރޕޯޓުގައި 1200 މީޓަރު ދިގު 35 މީޓަރު ފުޅާ ރަންވޭއަކާއި 8635 ސްކުއަރ މީޓަރުގެ އޭޕްރަންއެއް އޮވެއެވެ. މިމަޝްރޫޢަށް 198 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވާއިރު، މިއީ ކުރީގެ ސަރުކާރުން ހއ. މާފިނޮޅުގައި ތަރައްޤީކުރަން ނިންމި އެއަރޕޯޓެކެވެ. ނަމަވެސް ރައީސް އިބްރާހިމް މުޙައްމަދު ޞާލިހުގެ ސަރުކާރުން ނިންމެވީ ހޯރަފުށީގައި އެއަރޕޯޓް ތަރައްޤީކުރުމަށެވެ. މިމަސައްކަތް މިސަރުކާރުން ނިންމާލާފައިވަނީ 576 ދުވަސްތެރޭގައެވެ.

މިއީ ރާއްޖޭގައި އެންމެ ކުރުމުއްދަތެއްގެ ތެރޭގައި ބިން ހިއްކައިގެން އެއަރޕޯޓެއް ތަރައްގީކޮށް ޓެސްޓް ފްލައިޓް ޖެއްސި އެއަރޕޯޓެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން