ކަޅުވަކަރު މިސްކިތް އަލުން ރާވައި ހުޅުވައިފި އެވެ.
ރާއްޖެ އިސްލާމްވި ދުވަހާ ގުޅުވައިގެން މި މިސްކިތް ހުޅުވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް އެވެ.
ރައީސް ޔާމީންގެ ވެރިކަމުގައި ރޫޅާލި ކަޅުވަކަރު މިސްކިތް މިހާރު ހުންނަނީ ކުރިން ދިރާގުގެ ހެޑް އޮފީސް ހިންގަމުން އައި ބިމުގަ އެވެ. މި މިސްކިތަކީ ރޫޅާލައިގެން އެއްތަނުން އަނެއް ތަނަށް ބަދަލުކުރެވޭ ގޮތަށް ރާއްޖޭގައި ހަދާފައި ހުރި ހަމައެކަނި މިސްކިތެވެ. އަދި މިއީ ކަޅުވަކަރުން ރާއްޖޭގައި ޢިމާރާތް ކޮށްފައިވާ މިސްކިތްތަކުގެ ތެރެއިން މިވަގުތަށް ފެންނަންހުރި ހަމައެކަނި މިސްކިތެވެ.
މިސްކިތް އަލުން ހުޅުވުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް ވިދާޅުވީ މި މިސްކިތަކީ ރާއްޖޭގެ ސަގާފީ ތަރިކައިގެ ތެރެއިން ވަރަށް މުހިންމު ތަރިކައެއް ކަމަށާއި، ކަޅުވަކަރު މިސްކިތް ތާރީހުގެ އަނދިރިކަމުގެ ތެރެއަށް ދޫކޮށްލަމުން ދަނިކޮށް އަލުން އަނބުރާ ސަލާމަތް ކުރެވުމަކީ ލިބުނު ބޮޑު ހިތްހަމަޖެހުމެއް ކަމަށެވެ.
ކަޅުވަކަރު މިސްކިތަކީ ސަގާފަތާއި ފަންނުވެރިކަމާ ގުޅިލާމެހިފައިވާ މިސްކިތެއް ކަމަށާއި ދިވެހިންގެ އަތުން އެތައް ގެއްލުމެއް ލިބުން ނަމަވެސް ދިވެހިންނާ ވަކި ނުވި މިސްކިތެއް ކަމަށް ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް ވިދާޅުވި އެވެ. އަދި މިހާރު ކަޅުވަކަރު މިސްކިތް ބަހައްޓާފައި ހުރި ތަނަކީ އެ މިސްކިތުގެ ދާއިމީ ވަޒަނަށް ވުމަށް އުންމީދު ކުރައްވާ ކަމަށް ވެސް ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް ވިދާޅުވި އެވެ.
1779 އިން 1799 އަށް ރަސްކަން ކުރެއްވި އައްސުލްޠާން ހަސަން ނޫރައްދީން އިސްކަންދަރުގެ ރަސްކަމުގެ 10 ވަނަ އަހަރު ބިނާކުރި ކަޅުވަކަރު މިސްކިތް ފުރަތަމަ ހުރީ މަޖީދީ މަގާއި ކަރަންކާމަގާ އިންވެގެން ހުޅަނގު އުތުރު ކަންމަތީގަ އެވެ. އޭގެ ފަހުން އެ މިސްކިތް ބަދަލު ކުރީ މިހާރު ގަލޮޅު ދަނޑު ކައިރީގައި ހުންނަ މަސްޖިދުލް ސުލްޠާނުލް އާދިލް މިސްކިތް ހުންނަ ތަނުގަ އެވެ.
އެ ތަނުން ނަގައި، ރައީސް އިބްރާހިމް ނާސިރުގެ ވެރިކަމުގެ ތެރޭގައި އެ މިސްކިތް ނީލަން ކިޔުމަށް ފަހު މާލެއިން ބޭރަށް ގެންދިޔައެވެ. އަދި ފަހުން ރައީސް މައުމޫން އަބްދުލް ގައްޔޫމް ވެރިކަމަށް ވަޑައިގެން 1980 ވަނަ އަހަރު އެ މިސްކިތް ސަލްޓަން ޕާކްގެ އިރު ދެކުނު ފަރާތުގައި ބެހެއްޓެވި އެވެ.
އެއަށް ފަހު ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ކަޅުވަކަރު މިސްކިތުގެ އާބާތުރަކަން ފިލުވުމަށް ފަހު އޭޕްރީލް ،19 2009 އަލުން ހުޅުވި އެވެ. އަދި ރައީސް އަބްދުﷲ ޔާމީން ވެރިކަމަށް ވަޑައިގެން އެ މިސްކިތް ހުރި ތަން ބަދަލު ކުރެއްވުމަށްޓަކައި އަލުން ރޫޅާލި އެވެ.
ސަޤާފީ ތަރިކަ ރައްކާތެރިކުރާ ޤައުމީ މަރުކަޒުން މިއަދު ބުނީ ކަޅުވަކަރު މިސްކިތް މިއަދުގެ މެންދުރު 14:00 އިން ފެށިގެން ޢާއްމުންނަށް ހުޅުވާލާނެ ކަމަށާއި، ކޮންމެ ދުވަހެއްގެ ފަތިހު 5:00 އިން ރޭގަނޑު 21:00 އަށް އެ މިސްކިތުގައި ނަމާދު ކުރެވޭނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު