ޓްރާންސިޓް ފެސިލިޓީގެ ގޮތުގައި ބޭނުންކުރުމަށް މާލެ ސަރަހައްދުން 44 ތަނަކަށް ހުއްދަ ދީފިއެވެ.

ޓޫރިޒަމް މިނިސްޓްރީން އާއްމުކޮށްފައިވާ މަޢުލޫމާތުތައް ދައްކާގޮތުން 44 ތަނަކަށް ޓްރާންސިޓް ފެސިލިޓީގެ ގޮތުގައި ބޭނުންކުރުމުގެ ހުއްދަ ދީފައިވާއިރު އޭގެތެރޭގައި ހިމެނެނީ މާލޭގެ 17 ތަނަކާއި ހުޅުމާލޭގެ 26 ތަނެއްގެ އިތުރުން ހުޅުލެ އައިލެންޑް ހޮޓަލެވެ.

ޓްރާންސިޓް ފެސިލިޓީގެ ގޮތުގައި ތަންތަން ބޭނުންކުރުމުގެ ހުއްދަ ދިނުމަށް ޓޫރިޒަމް މިނިސްޓްރީން ވަނީ ގައިޑްލައިނެއް ހަދާފައެވެ. ޓޫރިޒަމް މިނިސްޓްރީން ތަންތަނަށް ހުއްދަދެނީ ގައިޑްލައިނާއި އެޗް.ޕީ.އޭގެ މިންގަޑުތަކަށް ފެތޭ ތަންތަނުގެ ތެރެއިން މާލެ ހުޅުމާލެ އަދި ވިލިމާލޭގައި ހިންގާ ތަންތަނަށެވެ.

މިނިސްޓްރީން ހުއްދަ ދޫކުރާ ފަރާތްތަކުން، ހުޅުވުމުގެ ކުރިންނާއި ހުޅުވުމަށްފަހުވެސް ގައިޑްލައިންގައި ބަޔާންކޮށްފައިވާ ކަންކަން ކުރުމަށް ޓޫރިޒަމް މިނިސްޓްރީން އިލްތިމާސްކުރެއެވެ.

ކޯވިޑް-19 ރާއްޖޭގައި ފެތުރެން ފެށުމާއެކު ފަތުރުވެރިން އައުން ހުއްޓާލުމަށްފަހު. އަލުން ފަތުރުވެރިކަން ފަށާފައިވާއިރު، މާލެ ސަރަހައްދުގެ ގެސްޓް ހައުސްތައް ހުޅުވާފައެއް ނުވެއެވެ. ނަމަވެސް ޓްރާންސިޓް ފެސިލިޓީގެ ގޮތުގައި ބޭނުންކުރުމަށް ސަރުކާރުން ވަނީ ބައެއް ތަންތަން ހުޅުވަން ހުއްދަދީފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން