ތުލުސްދޫގައި ޕޮލިޓެކްނިކެއް ތަރައްޤީކޮށް އެތަން ހިންގުމަށް ވިލާ އެޑިޔުކޭޝަނަލް ސާވިސަސް ޕްރައިވެޓް ލިމިޓެޑާ މިއަދު ހަވާލުކޮށްފިއެވެ.
މިކަމާއި ގުޅޭ އެއްބަސްވުމުގައި މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަންގެ ފަރާތުން ސޮއިކުރެއްވީ ޕާމަނަންޓް ސެކްރެޓަރީ ފާތިމަތު ޙިލްމީއެވެ. ވިލާ އެޑިޔުކޭޝަނަލް ސާވިސަސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއި ކުރެއްވީ ވިލާ ކޮލެޖްގެ ވައިސް ރެކްޓަރ ޑރ. ޢަލީ ނަޖީބެވެ.
މި އެއްބަސްވުމުގެ ދަށުން ތުލުސްދޫގައި 27 މަސް ދުވަހުގެ ތެރޭގައި ޕޮލިޓެކްނިކް ތަރައްޤީކޮށް އެތަން ހިންގުމުގެ މަސައްކަތް ފަށަންޖެެހޭއިރު، މި އެއްބެސްވުމުގެ ދަށުން ޕޮލިޓެކްނިކް ހިންގަން އެކުންފުންޏާ ހަވާލުކޮށްފައިވަނީ 50 އަހަރު ދުވަހުގެ މުއްދަތަށެވެ.
ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން ބުނީ ކ.ތުލުސްދޫގައި ތަރައްޤީ ކުރަން ހަމަޖެހިފައިވާ ޕޮލިޓެކްނިކް ޚާއްޞަ ކޮށްފައިވަނީ ވޯޓަރ ސްޕޯޓްސްއާއި، މެދު ފަންތީގެ ޓޫރިޒަމް ދާއިރާގެ ފަންނީ އެކި ފަންތީގެ ކޯސްތައް ހިންގުމަށްކަމަށެވެ. ނަމަވެސް ތަފާތު އެހެނިހެން ދާއިރާތަކުންވެސް ވޮކޭޝަނަލް ކޯސްތައް މި އިންސްޓިޓިއުޓުގައި ހިންގޭނެކަމަށް މިނިސްޓްރީން ބުންޏެވެ.
މިނިސްޓަރ އޮފް ހަޔަރ އެޑިޔުކޭޝަން ޑރ.އިބްރާހީމް ޙަސަން ވިދާޅުވީ މިއީ ޕަބްލިކް-ޕްރައިވެޓް ޕާޓްނަރޝިޕް އުސޫލުން ޕޮލިޓެކްނިކެއް ތަރައްޤީކޮށް ހިންގުމަށް ހަވާލުކުރި ފުރަތަމަ ފަހަރުކަމަށެވެ. އަދި މިކަމުގައި ތުލުސްދޫ ކައުންސިލާއި، އެ ދާއިރާގެ މެމްބަރު ކޮށްދެއްވި މަސައްކަތް މިނިސްޓަރ ފާހަގަކުރެއްވިއެވެ.
މި ޕްރޮޖެކްޓް ނިމޭއިރު ޕޮލިޓެކްނިކުގައި ކިޔަވައިދިނުމަށް ބޭނުންކުރާ އިންސްޓިޓިއުޓް ބްލޮކެއްގެ އިތުރުން އެކޮމަޑޭޝަން ބްލޮކެއް ހުންނާނެއެވެ. މީގެ އިތުރުން މަދުވެގެން 6 ކްލާސް ރޫމާއި އައި.ސީ.ޓީ ލެބޯޓްރީއަކާއި، އޮޑިޓޯރިއަމެއްގެ އިތުރުން ލައިބްރަރީއެއްވެސް މި ޕްރޮޖެކްޓުގެ ދަށުން ޢިމާރާތްކުރުމަށް ވަނީ ނިންމާފައެވެ.
މި ޢިމާރާތުގައި ދަރިވަރުންގެ ސިއްހީ ދުޅަހެޔޮކަމަށް ތަފާތު ކުޅިވަރުތައް ކުޅެވޭނެ އެކްޓިވިޓީ ސެންޓަރަކާއެކު ނަމާދުކުރާނެ ތަނަކާއި ފާޚާނާއާއި ލިފްޓާއި ފަސްޓްއެއިޑްގެ ޚިދުމަތް ފަދަ އަސާސީ ކަންކަން ވެސް ހުންނާނެކަމަށް މިނިސްޓްރީން ބުނެއެވެ.

First private Polytechnic has been set to develop in K.Thulusdhoo by Villa Educational Services(VES), under Build, Finance and Operate Public Private Partnership Model @IbreyNaseem @VillaCollegeMv pic.twitter.com/aGXxGww8ff
— Ministry of Higher Education (@MoHEmv) November 7, 2022
މިނިސްޓަރ އޮފް ހަޔަރ އެޑިޔުކޭޝަން ޑރ.އިބްރާހީމް ޙަސަން ވިދާޅުވީ މިއީ ޕަބްލިކް-ޕްރައިވެޓް ޕާޓްނަރޝިޕް އުސޫލުން ޕޮލިޓެކްނިކެއް ތަރައްޤީކޮށް ހިންގުމަށް ހަވާލުކުރި ފުރަތަމަ ފަހަރުކަމަށެވެ. އަދި މިކަމުގައި ތުލުސްދޫ ކައުންސިލާއި، އެ ދާއިރާގެ މެމްބަރު ކޮށްދެއްވި މަސައްކަތް މިނިސްޓަރ ފާހަގަކުރެއްވިއެވެ.
މި ޕްރޮޖެކްޓް ނިމޭއިރު ޕޮލިޓެކްނިކުގައި ކިޔަވައިދިނުމަށް ބޭނުންކުރާ އިންސްޓިޓިއުޓް ބްލޮކެއްގެ އިތުރުން އެކޮމަޑޭޝަން ބްލޮކެއް ހުންނާނެއެވެ. މީގެ އިތުރުން މަދުވެގެން 6 ކްލާސް ރޫމާއި އައި.ސީ.ޓީ ލެބޯޓްރީއަކާއި، އޮޑިޓޯރިއަމެއްގެ އިތުރުން ލައިބްރަރީއެއްވެސް މި ޕްރޮޖެކްޓުގެ ދަށުން ޢިމާރާތްކުރުމަށް ވަނީ ނިންމާފައެވެ.
މި ޢިމާރާތުގައި ދަރިވަރުންގެ ސިއްހީ ދުޅަހެޔޮކަމަށް ތަފާތު ކުޅިވަރުތައް ކުޅެވޭނެ އެކްޓިވިޓީ ސެންޓަރަކާއެކު ނަމާދުކުރާނެ ތަނަކާއި ފާޚާނާއާއި ލިފްޓާއި ފަސްޓްއެއިޑްގެ ޚިދުމަތް ފަދަ އަސާސީ ކަންކަން ވެސް ހުންނާނެކަމަށް މިނިސްޓްރީން ބުނެއެވެ.
ކިޔުންތެރިންގެ ހިޔާލު