ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް
ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވެރިކަމުން ވަޑައިގެންނެވީ އެމަނިކުފާނުގެ ވެރިކަމުގައި ނުއަގުގައި ވިއްކި 85 ރަށްތަކުގެ ފައިސާކޮޅު ވެސް ހިއްޕަވައިގެން ކަމަށް ރައީސް އިބްރާހިމް މުހައްމަދު ޞާލިޙް ވިދާޅުވެއްޖެ އެވެ.

އެމަނިކުފާން މިހެން ވިދާޅުވީ ހޯރަފުށީ އެއާޕޯޓު ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ. ރައީސް ވިދާޅުވީ ކުރީ ސަރުކާރުން 85 ރަށް ރިސޯޓު ހެދުމުގެ ނަމުގައި ވިއްކާފައިވާ ކަމަށާއި، އެރަށްތަށް ހެދިފައި ނުވާކަމަށެވެ. އަދި އެރަށްތަކުން ދަޢުލަތަށް ޢާމްދަނީއެއްވެސް ނުލިބޭ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މި ސަރުކާރުން ރިސޯޓު ހެދުމަށް އެއްވެސް ފަޅު ރަށެއް ދޫކޮށްފައި ނުވާނެ ކަމަށެވެ. އަދި ސަރުކާރުގެ އަމާޒު ސާފު ކަމަށާއި، ސަރުކާރުން މިތިބީ ރައްޔިތުންނަށް ޚިދުމަތްކުރަން އައިސް ކަމަށް ރައީސް ވިދާޅުވިއެވެ.

"ރައީސް ޔާމީންގެ ވެރިކަމުގައި އެ ދޫކުރި ރަށްތަށް ނުއަގުގައި ދޫކޮށް، އެދޫކުރި ރަށްތަކުގެ ފައިސާކޮޅުވެސް ހިފައިގެން ވަޑައިގެންނެވީ. ފައިސާކޮޅުވެސް ހިފައިގެން ވަޑައިގެންނެވީ. އެވެސް ބަޖެޓްގައި ހުރިނަމަތާ މި ދަތިޙާލުގައި އޭގެންވެސް އަޅުގަނޑުމެންނަށް ޚަރަދު ކުރެވޭނީ." ރައީސް ވިދާޅުވިއެވެ.

ސަރުކާރުން ހަރުމުދާ ވިއްކާ ކަމަށް އިދިކޮޅު ފަރާތްތަކުން ކުރަމުންދާ ތުހުމަތުތަކަށް ރައްދުދެއްވަމުން ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް ވިދާޅުވީ، އަންނަ އަހަރުގެ ބަޖެޓުގައި މަޝްރޫޢުތައް ހިންގުމަށް ކަނޑައަޅާފައިވާ ޢަދަދުތަކަކީ ހަމަޖެހިފައި ހުރި ފައިސާ ކަމަށެވެ. އަދި އެމަނިކުފާނުގެ ފައިނޭންޝަލް ޓީމަށް ފުރިހަމަ އިތުބާރު އެބައޮތް ކަމަށާއި، އިރާދަކުރެއްވިއްޔާ ހަރުމުދާ ނުވިއްކާ މިރާއްޖެ އަމާން އައްސޭރިއަކަށް ގެންގޮސްދޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށައަޅާފައިވާ ބަޖެޓަކީ މިއަދުގެ ޙާލަތަށް ބަލައި ހުށައެޅޭނެ އެންމެ ރަނގަޅު ބަޖެޓް ކަމަށެވެ. އެގޮތުން މި ދަތި އުނދަގޫ ވަގުތު ސަރުކާރުން ކޮށްދޭންޖެހޭ އެންމެ މުހިންމު ކަމަކީ ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދިނުން ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ވޭތުވެދިޔަ ތަނުގައި އެކަން ވަރަށް ފުރިހަމައަށް ކޮށްފައިވާނެ ކަމަށް އެމަނިކުފާން ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު


-6

ދިރާސާ

25-Nov-2020

ރ. ޔާމީނަށް އެނގިވަޑައިގަންނަވާނެ, ވިއްކަމުން, ކަމުން,, ބޮޑެތި ބިޔަ ތަރައްގީ ކޮށްދެމުން, ދައުލަތުގެ ރިޒާވް ބޮޑުކޮށް, ރައްޔިތުންގެ,ޖީބުތައްވެސް ފުރާލަދޭން, އެކަމަކު, ރ.ސޯލިހަކަށް ނޭނގޭނެ އަޅަމުން ނަގަމުން ގެންދާކަށް, ނަތީޖާއަކަށްވަނީ, ޚަޒާނާ ހުސްވެ, ރައްޔިތުން ބަނޑަށްޖެހި ގައުމު ދަރާވިކި, އަޅުވެތިވުން, ރ. ޔާމީން ދަތްކޮއްޓާ އިލޮށިކޮޅެއްގެ އަގުވެސް އެއްވެސް ރޮނގެއްގައި ރ. ސޯލިހުގެ ނުހުންނާނެ....


-11

ކިނބޫ

25-Nov-2020

އޭތިކޮޅުވެސް ކަލޭ ބޭނުން? 175 ބިލިޔަން ގުޔަށް ހަދާ ހުސްވީ? ހ ނޫނޭ ވައްކަން ކުރަން ފޯރި އެބަހުރި. ފައިސާއާހުރެ ހޭނެތެނީނު ތި.


-18

ޙަސަނ

25-Nov-2020

ޟ ޓހ.


4

ވިސްނީމޭ

25-Nov-2020

ރާއްޖޭގަ ނެތް ފަދަ ދަރުމަވަންތަ ހިސްޕިޓަލެއް ޔާމީން އަޅުއްވައިދެއްވި. ސިނަމާލޭ ބުރިޖު ވެސް އެއީ ރައީސްޔާމީނުގެ ހަނދާނެއް. މިދަނތި ދަނޑިވަޅުގަ ރާއްޖޭގެ ސްކޫލްތަކުގެ ކުދީންނަށް ކިޔެވެނީވެސް ރައީސް ޔާމީނު ޓެބްލެޓް ބެއްސެވީތީ. ގްރޭޑް 6,7 ގެ ކުދީންގެ ސޯސަލްސްޓަޑީޒް ފޮތުގަ ހިމެނޭ ކުރީގެ ރައީސުން ކޮށްދެއްވި ޙިދުމަތްތައް. އެހެންވީމާ ދަރިވަރުން އަބަދުމެ ހަދާން ހުންނާނެ ރައީސް ޔާމިން ކޮށްދެއްވި ކަންތައްތައް. ބަލަމާ މިވެރިކަން 5 އަހަރުން ނިމޭއިރު ރައްޔިތުންނަށް ބޮޑެތި ފައިދައެއްވަކަހަލަ ކޮންކޮން ކަމެއްތޯ ކޮށްދެވެނީ. މިހާރު ވެންޓިލޭޓަރުގެ ފައިސާތައް ޖައްވައް, ފަޒާއަށް އެރީބާ. އޭގެއިންވެސް ކޮންެވެސްވަރަކަށް މުސާރަ ދެވުނީސް.


8

ށޮރު

25-Nov-2020

ތހެދހެކެޔ ކޮންމެސް ވަރެއް ބަހައްޓާފަ ދިޔަނަމަ


11

ބހހ

24-Nov-2020

ކޮންތަނަކަށް ފިޔައީ. ގައުމެއްގެ ރައީސަކު ދެން ކޯޓުތަކުގައި ހިނގާ މައްސަލައަށް ތިޔައަތްބެނި. މިސަލަކަށް ކޯޓުން ސަބިތު ނުވީ ޔޯ. ދެން ތިޔަ ކުރި ތުހުމަތަށް ދެނެ ރައްދަކީ ކޮބާ. ދެން ކޯޓުތަކުން ތިޔަ ދެއްކި ވާހަކަ އަށް ބިނަކޮށް ސަބިތު ކުރަން ޖެހެނީ.


0

އދ.

25-Nov-2020

މިހެރެވާނުވާނޭގެެ ގަމާރު އިންސާނާ ކަލޭއައް ވެރިކަން ކުރަން ނޭގުމާކީ ރައީސްޔާމީނުގެ ކުށެއްނޫން ތިމާގެ ނާގާބިލްކަން ގާބޫލުކޮށްބަލާ ރައީސްޔާމީން ވެރިކަން ނިމިގެން ދިޔައިރު މިގައުމުގެރިޒާވުގާ 400 ބިލިޔަން ހުރި އަދި ސުވަރިން ފަންޑުގާ 900 ބިލިޔަން ހުރިއިރު މިހުރިހާ ފައިސާއެއް ތިމާގެ މީހުނައްނާއި ރަހުމައިތެރިންނައް ބަހާހުސްކުރީ އެވެސް ރައީސްޔާމީން ތޯ ތިމާއައް އެއްޗެއްނޭގުމަކީ ކުުރީސަރުކާރުގެ ބޮލުގާ އަޅުވާފާ ދޫކޮށްލުންތޯ


-8

ޚހހޮ

25-Nov-2020

ޙޮހަޅައޭވެސްބުނި


9

ރައޫފު

25-Nov-2020

ކިނބޫސޯލިހަކީ ސަރުކާރު އެކީ ކާލާގެން ހުރިބޮޑުވަގެއް


4

ހަސަން

24-Nov-2020

އެހެންވީމަ ތާ ރައްޔަތުންް ބަންޑައް ޖަސަނީ އަބަދުވެސް ކުރީސަރުކާ ކިއޭނުކިޔޭ އެއްޗެ އިންގޭތަ ވެރިކަން ހޯދަން ދެއްކި ވާހަކަ ހަންދާން ނެތުނީ ދޯ



ޓްރެންޑިން