ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންތަކެއް - ފޮޓޯ: ސޯޝަލް މީޑިއާ
ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންތަކެއް - ފޮޓޯ: ސޯޝަލް މީޑިއާ
ރާއްޖޭގެ ބޯޑަރު އަލުން ހުޅުވާލައި ފަތުރުވެރިކަމުގެ ސިނާއަތުގެ ހަރަކާތްތައް އަލުން ފެށިފަހުން މިމަހުގެ މިހާތަނަށް 18،732 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވާ ކަމަށް ފަތުރުވެރިކަމާބެހޭ ވުޒާރާއިން ބުނެފި އެވެ.

އެ މިނިސްޓްރީން އިއްޔެ އާއްމުކުރި ތަފާސްހިސާބުތައް ދައްކާ ގޮތުން ރާއްޖޭގެ ބޯޑަރު އަލުން ހުޅުވާލި ދުވަހުން ފެށިގެން މިދިޔަ ބުދަ ދުވަހުގެ ނިޔަލަށް 59،105 ފަތުރުވެރިން ރާއްޖެ ޒިޔާރަތްކޮށްފައިވެ އެވެ. އޭގެ ތެރޭގައި މިމަހުގެ މިހާތަނަށް ރާއްޖެއައި 18،723 ފަތުރުވެރިންނާ އެކު މިއަހަރުގެ މިހާތަނަށް 441،952 ފަތުރުވެރިން އައިސްފައިވެ އެވެ.

ތަފާސް ހިސާބުތައް ދައްކާގޮތުން ޖުލައި މަހު ރާއްޖެއައީ 1،701 ފަތުރުވެރިންނެވެ. އޭގެ އިތުރުން އޮގަސްޓް މަހު 7،628 ފަތުރުވެރިންނާއި ސެޕްޓެމްބަރު މަހު ރާއްޖެއައި 9،538 ފަތުރުވެރިން ނާއި، އޮކްޓޯބަރު މަހު އައި 21،515 ފަތުރުވެރިން ހިމެނެއެވެ.

ޖުލައި މަހު ރާއްޖޭގެ ބޯޑަރު އަލުން ހުޅުވާލިފަހުން މިހާތަނަށް އެންމެ ގިނަ ފަތުރުވެރިން އައިސްފައި ވަނީ ރަޝިއާއިންނެވެ. އެ ގައުމުން އެކަނި 12،961 ޓޫރިސްޓުން އައިސްފައިވެ އެވެ. އަދި ދެވަނައަށް އެންމެ ގިނަ ފަތުރުވެރިން އައީ އިންޑިއާއިންނެވެ. އެ ގައުމުން 5،449 ފަތުރުވެރިން އައިސްފައިވެ އެވެ. އަދި 4،745 ޓޫރިސްޓުންނާއެކު ތިންވަނައަށް އެންމެ ގިނަ ފަތުރުވެރިން އައީ އިނގިރޭސިވިލާތުންނެވެ.

ރާއްޖޭގެ ބޯޑަރު ހުޅުވާލިފަހުން މިހާތަނަށް 16 އެއާލައިންއަކުން ރާއްޖެއަށް ޝެޑިއުލް ދަތުރުތައް ވަނީ ފަށާފައެވެ. މީގެތެރޭގައި ހިމެނެނީ ބޭރުގެ 14 އެއާލައިނަކާއި ރާއްޖޭގެ މޯލްޑިވިއަން އަދި ފްލައިމީ އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން