ޖުމްހޫރީ ޕާޓީގެ ލީޑަރ ޤާސިމް އިބްރާހީމް (ކ). އާއި ރައީސް ނަޝީދު (ވ).
ޖުމްހޫރީ ޕާޓީގެ ލީޑަރ ޤާސިމް އިބްރާހީމް (ކ). އާއި ރައީސް ނަޝީދު (ވ).
ރައްޔިތުންގެ މަޖިލީހުގެ މަސައްކަތްތައް، މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ކުރައްވަމުން ގެންދަވަނީ ވަރަށް މުރާލިކަމާއެކު ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.

ރާއްޖެ ޓީވީގައި ރޭ ވާހަކަދައްކަވަމުން ގާސިމް ވިދާޅުވީ ރައީސް ނަޝީދަކީ އޭނާގެ ވަރަށް ގާތް ރަޙުމަތްތެރިއެއް ކަމަށާއި އަދި ވަރަށް މުރާލިކަމާއެކު ރެއާދުވާލު މަޖިލީހުގެ މަސައްކަތުގައި އެމަނިކުފާން ޙަރަކާތްތެރިވާ ކަމަށެވެ.

"އަބަދުވެސް ކުރައްވާ މަސައްކަތްޕުޅެއްގައި ރައީސް ނަޝީދަކީ މަސައްކަތް ވަރަށް މުރާލިކަމާއެކު ކުރައްވާ ބޭފުޅެއް. އެތަން އަޅުގަނޑަށް ފެންނަނީ. ރެއާ ދުވާލު އެމަސައްކަތުގައި އެބަ ހޭދަ ކުރަށްވާ. ވަރަށް ޕެޝަންއާއެކީގަ. ކުރައްވާހިތުން ކުރައްވާ ކަމެއްކަން އެބައިނގޭ،" ގާސިމް ވިދާޅުވި އެވެ.

އެހެން ނަމަވެސް މަޖިލީހުގެ ބައެއް މަސައްކަތްތަކަށް ފާޑުވިދާޅުވެ ޤާސިމް ވިދާޅުވީ، ސަރުކާރު ހިންގަނީ ރައްޔިތުންގެ މަޖިލީހުން ނޫން ކަމަށާއި، ސަރުކާރު ހިންގުމަކީ ރައީސުލް ޖުމްހޫރިއްޔާ އާއި، ކެބިނެޓާއި، ރައީސް ކަނޑައަޅުއްވާ ވުޒާރާ ތަކަކުން ކުރާ ކަމެއް ކަމަށެވެ. އެހެންކަމުން ސަރުކާރު ހިންގުމަށް މަޖިލީހުން ހުރަސް އަޅައިގެން ނުވާނެ ކަމަށް ޤާސިމް ވިދާޅުވިއެވެ.

"އޮފްކޯޒް، ޤާނޫނުތައް ހެދުމާއި، ޤާނޫނު އަސާސީ ބަދަލު ކުރުމުގެ ބާރު ރައްޔިތުންގެ މަޖިލީހަށް އެބައޮތް. އަދި ސަރުކާރު ޒިންމާދާރު ކުރުމުގެ ސުވާލުތައް، ގޯސްކޮށްދަންޏާ ރަނގަޅުކޮށް ހެދުމުގެ ބާރު އެބައޮތް." ޤާސިމް ވިދާޅުވިއެވެ.

ޤާސިމް ވިދާޅުވީ، ރައީސް ނަޝީދު މަޖިލީހުގެ ކަންކަން ހިންގަނީ ރަނގަޅަށްތޯ ނުވަތަ ނޫންތޯ ނިންމަވާނީ ރައްޔިތުން ކަމަށާއި އެކަމުގައި ރައީސް ނަޝީދު ޢަމަލުކުރަށްވަނީ ރަނގަޅަށްކަމަށްވެސް، އަދި ގޯސްކޮށް ކަމަށްވެސް ވިދާޅުވާން ބޭނުންފުޅުވެ ވަޑައި ނުގަންނަވާ ކަމަށެވެ.

ޤާސިމަކީ މިސަރުކާރު ގެންނަން ވަރަށް ބޮޑަށް މަސައްކަތް ކުރެއްވި އެއް ލީޑަރެވެ. އެމަސައްކަތުގެ ތެރޭގައި އެމަނިކުފާނުގެ މައްޗަށް ނުހައްގު ދަޢުވާތައްކޮށް ހުކުން އިއްވައި އަދަބުދީފައި ވެސް ވެއެވެ. އަދި އޭރު ކުރެއްވި އިސްލާހީ މަސައްކަތުގެ ތެރޭގައި އެއްވެސް ކުށެއް ނެތި އެމަނިކުފާނުގެ ދަރިކަލުންވެސް އެތައް ދުވަހަކު ޖަލުގައި ހައްޔަރުކޮށްފައި ބެހެއްޓިއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން