އަހުމަދު ޝާހް   20 ނޮވެމްބަރު 2020 - 22:14
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް (ކ) އާއި، ރައީސް މައުމޫން (ވ)
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް (ކ) އާއި، ރައީސް މައުމޫން (ވ)
އެމްއާރުއެމް ދެމިއޮންނާނީ ސަރުކާރާއި އެކުގައި ކަމަށް އެ ޕާޓީން ބުނެފިއެވެ.

އެމްއާރްއެމްގެ ފުރަތަމަ އަހަރީ ދުވަހާއި ގުޅިގެން އެ ޕާޓީން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ އެމްއާރުއެމްއަކީ މިހާރު އޮތް ސަރުކާރުގެ މުހިއްމު ބައިވެރިއެއް ކަމަށާ ސަރުކާރަށް ތާއީދުކޮށް ސަރުކާރު ދެމެހެއްޓުމުގައި ގައުމީ މަސްލަހަތު އިސްކޮށް ރައްޔިތުންނަށް ހިދުމަތް ކޮށްދިނުމަށް އެމްއާރުއެމްއިން މި ސަރުކާރާއެކު ދެމި އޮންނާނެ ކަމަށެވެ.

ހަމައެއާއެކު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހް އިންތިހާބު ކުރުމުގައި، އެމްއާރްއެމް އިން ވަރަށް މުހިންމު ދައުރެއް އަދާކޮށްފައި ވާނެ ކަމަށް އެ ބަޔާނުގައި ވެއެވެ.

އެމްއާރުއެމް އިން ބުނީ ގައުމީ މި މަސައްކަތުގައި އެންމެ މުހިއްމު ކަމަކީ ޑިމޮކްރަސީ ގެ ހަމަތަކުގެ މަތިން އިސްލާހަށް ކުރެވޭ މަސައްކަތް ކަމަށާއި، ދައުލަތް ހިންގުމުގެ ތިން ބާރު ވަކިކުރެވިފައިވާ ނިޒާމެއްގެ ދަށުން ގާނޫނީ ހުކޫމަތު ދެމެހެއްޓުމާއި އަދުލު އިންސާފު ކަށަވަރު ކުރުމާއި ވައްކަމާއި ކޮރަޕްޝަން ހުއްޓުވުމާއި އިންސާނީ ހައްގުތައް ރައްކާތެރި ކުރުމާއި މޫސުމަށް އަންނަ ބަދަލުތަކަށް ތައްޔާރު ވުމާއި އަންހެނުންނާއި ކުޑަކުދިންނާއި ހާއްސަ އެހީ އަށް ބޭނުންވާ ފަރާތްތަކާއި ދޮށީ އުމުރުގެ މީހުންގެ ހައްގު ތައް ހިމާޔަތް ކުރުމަށް މަސައްކަތް ކުރުމަކީ އެމްއާރްއެމްގެ އަސާސްތައް ކަމަށް ބަޔާންކޮށްފައިވެއެވެ.

މީގެ އިތުރުން އެމްއާރުއެމުން އަބަދުވެސް މަސައްކަތް ކުރާނީ ގައުމަށް މަންފާ ކުރާ ގައުމުގެ ރައްޔިތުންނަށް ހެވާއި ލާބަ ލިބޭނެ ގޮތްތަކާއި ކަންކަމަށް އިސްކަން ދީގެން ކަމަށްވެސް ބަޔާނުގައި ވަނީ ބުނެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން