ތޫފާން ނިވާރު
ތޫފާން ނިވާރު
ބޭ އޮފް ބެންގަލް ސަރަހައްދުގައި މި ވަގުތު އުފެދިފައިވާ ތޫފާން "ނިވާރު" ގެ ނުސީދާ އަސަރު ރާއްޖެއަށް ކުރާނެކަމަށް މެޓް އޮފީހުން ހާމަކޮށްފިއެވެ.

ރާއްޖޭގެ ބައެއް އޮންލައިން މީޑިއާތަކަށް މަޢުލޫމާތު ދެއްވަމުން މެޓް އޮފީހުން ބުނެފައިވަނީ، ބޭ އޮފް ބެންގަލް ސަރަހައްދުގައި މި ވަގުތު އުފެދިފައިވާ ޑިޕްރެޝަން، ތޫފާނަކަށް ބަދަލުވެ، އެތޫފާން އަންނަނީ ހުޅަނގު އުތުރަށް މިވަގުތު ދަތުރުކުރަމުން ކަމަށާއި، އަދި އެ ތޫފާނުގެ އަސަރު ރާއްޖޭގެ ދެކުނާއި މެދު ރާއްޖެތެރެއަށް ކުރާނީ ނުސީދާކޮށް ކަމަށެވެ.

މެޓް އޮފީހުން ބުނީ ރާއްޖޭގެ އުތުރުގެ އަތޮޅުތަކަށް މި ތޫފާނުގެ އަސަރު ކުރާނެ ކަމަކަށް ނުބެލެވޭކަމަށާއި، ތޫފާނުގެ އަސަރުކުރަން ފަށާނީ އަންނަ ބުދަ ދުވަހު ކަމަށެވެ.

އެ ދުވަސްވަރު މެދުރާއްޖެތެރެ އާއި ދެކުނުގެ އަތޮޅުތަކަށް ބޯކޮށް ވާރޭ ވެހި ގުގުރާނެ ކަމަށާއި، ރާއްޖޭގެ މޫސުން ރަނގަޅުވާނެ ކަމަށް ބެލެވެނީ ހޮނިހިރު ދުވަހު ކަމަށް މެޓް އޮފީހުން ވިދާޅުވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން