ފެލިވަރާއި ކޫއްޑޫ އަދި އައްޑޫ ހުޅުދޫގައި 11500 ޓަނުގެ ކޯލްޑް ސްޓޯރޭޖް މި އަންނަ އަހަރު އުފައްދާނެ ކަމަށް އިޤްތިޞާދީ ވަޒީރު ފައްޔާޒް އިސްމާޢީލް ވިދާޅުވެއްޖެއެވެ.
ޕީއެސްއެމް އަށް ރޭ ދެއްވި އިންޓަވިއު އެއްގައި ފައްޔާޒް ވިދާޅުވީ މިފްކޯގެ ކެޕޭސިޓީ އިތުރުކުރުމުގެ މަސައްކަތް ވަރަށް ބާރަށް ކުރިއަށް އެބަދާ ކަމަށެވެ. އެގޮތުން ކަނޑުއޮތްގިރީ ގައި ކަންނެލި ޕެކޭޖިންގ ފެސިލިޓީސް ޤާއިމް ކޮށް ޕެކްކުރަން ބޭނުންވާ ފަރާތްތަކަށް ފުރުސަތު ދިނުމާއި، އިންޑިއަން އެގްޒިމް ބޭންކުގެ ލޯން އެހީގައި ފެލިވަރުގައި 4000 ޓަނުގެ ކޯލްޑް ސްޓޯރޭޖެއް ޤާއިމްކޮށް އެތަނުގެ ފެކްޓަރީ ވަރުގަދަކުރުމުގެ މަސައްކަތް ކުރަމުންދާކަމަށް ފައްޔާޒް ވިދާޅުވިއެވެ.
ސާރުކާރުގެ ބޭނުމަކީ ދިވެހިރާއްޖޭގައި ބާނާ ހުރިހާ މަހެއް ވެލިއު އެޑްކޮށްގެން ރާއްޖެއިން ބޭރު ކުރުން ކަމަށް ފައްޔާޒް ވިދާޅުވިއެވެ. މިހާރު ދޯނިން މަސް ބާލާއިރު ސްޓޯރޭޖް ނުހުންނަ ކަމަށާއި، އެވަރަށް މިފްކޯއަށް އިންވެސްޓް ކުރެވިފައި ނެތްކަމަށް ފައްޔާޒް ވިދާޅުވިއެވެ.
"ދޯނިން ބާލާއިރު ވައްދާނެ ތަނެއް ނުހުރޭ. އިންޓަނޭޝަނަލް މާކެޓަށް ވުރެ އަގު ބޮޑުކޮށް އަޅުގަނޑުމެން މަސްވެރިން އަތުން މަސް މި ގަންނަނީ. ގަނެފަ މަސް ދުވަސްކޮޅަކު ބަހައްޓާލާނެ ގޮތެއް ނުވޭ. އެހެންވީމާ ބެންކޮކް، ތައިލެންޑްގައި ހުންނަ މީހާއަށް ނުއަގުގައި ވިއްކާލަން މި ޖެހެނީ." ފައްޔާޒް ވިދާޅުވިއެވެ.
ފައްޔާޒް ވިދާޅުވީ ސައުދީ ފަންޑުގެ ލޯނުގެ ތެރެއިން ކޫއްޑޫގައި މިހާރުހުރި 2000 ޓަނުގެ ކޯލްޑް ސްޓޯރޭޖްގެ އިތުރުން، އިތުރު 4000 ޓަނުގެ ކޯލްޑް ސްޓޯރޭޖް ފެސިލިޓީ ޤާއިމް ކުރުމަށް ތައްޔާރުވަމުންދާ ކަމަށެވެ.
"އެހެންވީމާ އަޅުގަނޑުމެންނަށް ޖުމްލަ އިރާދަކުރެއްވިއްޔާ މިއަންނަ އަހަރު ތެރޭގައި އުފެދިގެންދާނެ 11500 ޓަނުގެ ކޯލްޑް ސްޓޯރޭޖް ދިވެހިރާއްޖޭގައި. އެއީ ކޫއްޑޫ އާއި ފެލިވަރާއި އައްޑޫ އަތޮޅު ހުޅުދޫގައި ހުރި. އޭގެ މާނައަކީ ދިިވެހިރާއްޖޭގައި މިހާހިސާބަށް ބާނާ ހުރިހާ މަހެއް އަޅުގަނޑުމެންނަށް އެއްވެސް ގެއްލުމެއްނެތި އުކާލަން ނުޖެހި ސްޓޯރ ކުރެވޭނެ." ފައްޔާޒް ވިދާޅުވިއެވެ.
މިހާރު ދިމާވާ މައްސަލައަކީ، މަހުގެ އަގު ކަނޑައެޅުމުގައި ސަރުކާރުގެ ބާރު ނެތުން ކަމަށާއި، ސަބަބަކީ މަސް ރައްކާކުރެވޭނެ ގޮތެއް ނެތުމުން މަސްގަންނަން ހުންނަ ބޭރުމީހާ ބޭނުންވާ އަގެއްގައި ވިއްކާލަން ޖެހޭތީ ކަމަށް ފައްޔާޒް ވިދާޅުވިއެވެ. ކޯލްޑް ސްޓޯރޭޖްތައް ޤާއިމް ކުރެވުމުން އެކަމަށް ޙައްލު ލިބޭނެ ކަމަށާއި، އޭރުން މަސް ވިއްކާނެ އަގު ކަނޑައަޅާނީ ދިވެހިން ކަމަށާއި، އަގު ދަށް ނަމަ ކޯލްޑް ސްޓޯރޭޖްގައި ރައްކާކޮށްފައި ބެހެއްޓޭނެ ކަމަށެވެ.
ފައްޔާޒް ވިދާޅުވީ އަންނައަހަރު މަސްވެރިކަމުގެ ދާއިރާއަށް އިންޤިލާބީ ބަދަލުތަކެއް އަންނާނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު