ޒުލްފިޝާން އަބްދުﷲ ކަމާލުއްދީން
ޒުލްފިޝާން އަބްދުﷲ ކަމާލުއްދީން
ޖެންޑަރ މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ ޒުލްފިޝާން އަބްދުﷲ ކަމާލުއްދީންއާއި ބިޑް ކޮމިޓީއަކާ ގުޅޭގޮތުން ދައްކާ ވާހަކަތައް އެކަމަނާ ދޮގުކުރައްވައިފިއެވެ.

ޖެންޑަރ މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ ޒުލްފިޝާން އަބްދުﷲ ކަމާލުއްދީން އެކަން ދޮގުކުރަށްވައި ވާހަކަ ދައްކަވާފައި މިވަނީ، ފިނޭންސް މިނިސްޓްރީގެ އެންގެވުމަކާ ހިލާފަށް ބިޑް ކޮމިޓީއެއް ހަދައިގެން ބިޑްތައް އެވޯޑްކުރަމުންދާކަމަށް ބުނެ ސޯޝަލް މީޑިއާގައި ބަޔަކު ހަގީގަތާއި ހިލާފް ވާހަކަތަކެއް ފަތުރަމުންދާ ދަނޑިވަޅެއްގައެވެ.

މިކަމާ ގުޅޭގޮތުން “ރަސް އޮންލައިން” އަށް މައުލޫމާތު ދެއްވަމުން ޒުލްފިޝާން ވިދާޅުވީ އެއީ ކަނޑައެޅިގެން ހަގީގަތާއި ހިލާފް ވާހަކަތަކެއް ކަމަށެވެ. ޒުލްފިޝާން ވިދާޅުވީ އެއްވެެސް ބިޑް ކޮމިޓީއެއް އޭނާ އެކުލަވާލާފައި ނުވާކަމަށާއި އަދި އެއްވެސް ބިޑް ކޮމިޓީއެއްގެ ބައްދަލުވުމެއްގައިވެސް ބައިވެރިވެ ވަޑައިގެންފައި ނުވާނެ ކަމަށެވެ.

ޒުލްފިޝާން ވިދާޅުވީ ޖެންޑަރ މިނިސްޓްރީގެ ބިޑް ކޮމިޓީއަކަށް އޭނާ އައްޔަން ކުރަން ޖެންޑަރ މިނިސްޓަރ ނިންމެވި ކަމަށެވެ. ނަމަވެސް މިވަގުތު ޖެންޑަރ މިނިސްޓްރީގެ ފައިނޭންސް އެގްޒެކެޓިވްގެ މަގާމުވެސް ވަގުތީ ގޮތުން އޭނާ އަދާކުރައްވާތީ، ބިޑް ކޮމިޓީގައި އޭނާއަށް ބައިވެރިވެ ވަޑައިނުގެންނެވޭ ކަމަށެވެ.

ޒުލްފިޝާން ވިދާޅުވީ އޭނާއާ ގުޅޭގޮތުން ބަޔަކު އެފަދަ ހަގީގަތާއި ހިލާފް ދޮގު ވާހަކަތަކެއް ފަތުރަމުންދަނީ އޭނާގެ އަބުރު ކަތިލުމަށްޓަކައި ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު


11

ޒީއަޒަން

27-Nov-2020

ނަސީބެއްނު އަބަރުކަތިލުމަކީ ކުރާކަމެއްކަމާ އޮންނަކަމެއްކަން އެނގުން ކަން. މުޅި އާއިލާވެގެން މީހެއްގެ އަބުރުކަތިލާ އަޅާލިއިރު ހިތަކަށްނޭރި ދުވަހެއް އައިސްދާނެއެކޭ.



ޓްރެންޑިން