ޕާކިސްތާނަށް ނިސްބަތްވާ ބޮލީވުޑްގެ މަޝްހޫރު ލަވަކިޔުންތެރިޔާ އާތިފް އަސްލަމް ފަލަސްތީނުގެ ޣައްޒާއަށް އެހީވުމަށް 15 މިލިއަން ރުޕީސްގެ އެހީއެއް ފޯރުކޮށްދީފި ކަމަށް ރިޕޯޓްތައް ބުނެފިއެވެ.

އޭނާ މި އަދަދު ހަދިޔާކޮށްފައިވަނީ ޕާކިސްތާނުގެ އަލްޚިދުމަތް ފައުންޑޭޝަނަށެވެ.އާތިފްގެ ފަރާތުން ފަލަސްތީނަށް މިފަދަ އެހީއެއްވެދީފައި ވާއިރު އިންޑިއާ ސަރުކާރުން ވަނީ އިޒްރޭލަށް ތާއީދުކުރަން ނިންމާފައެވެ. އާތިފްއާއި އެއްފަދަ ދުނިޔޭގެ ވަރަށް ބައިވަރު މަޝްހޫރު ފަންނާނުން ދަނީ ފަލަސްތީނާއި އިޒްރޭލުގެ މަސްރަހާއި ބެހޭގޮތުން ހަނު ހުންނަން އިޚްތިޔާރު ކުރަމުންނެވެ.7 އޮކްޓޫބަރުން ފެށިގެން އިޒްރޭލުން ފަލަސްތީނަށް މެދުނުކެނޑި ދެމުންގެންދާ އުދުވާނީ ހަމަލާތަކުގައި އެތައްހާސް ބަޔަކު ވަނީ ޝަހީދުވެފައެވެ. އިޒްރޭލުގެ މި އުދުވާނުގެ ސަބަބުން ޣައްޒާގެ ޢާންމު ރައްޔިތުން ތިބީ ކެއިން ބުއިމާއި ބޯހިޔާވަހިކަމުން މަހުރޫމްވެފައެވެ.


ކިޔުންތެރިންގެ ހިޔާލުޓްރެންޑިން