ފަތުރުވެރިކަމާބެހޭ ވަޒީރު ޑރ. ޢަބްދުﷲ މައުސޫމް (ކ)
ފަތުރުވެރިކަމާބެހޭ ވަޒީރު ޑރ. ޢަބްދުﷲ މައުސޫމް (ކ)
ކުރީގެ ސަރުކާރުތަކުން ކައުންސިލްތަކަށް ބާރުދިނީ މޮހޮނަށް އޮޑިދޭ ގޮތަށް ކަމަށް ފަތުރުވެރިކަމާބެހޭ ވަޒީރު ޑރ. ޢަބްދުﷲ މައުސޫމް ވިދާޅުވެއްޖެއެވެ.

ސަރުކާރުން ފަތުރުވެރިކަމުގެ ޤާނޫނަށް ހުށައަޅާފައިވާ އިސްލާޙް ތަކާ ގުޅޭ ގޮތުން ރާއްޖެ ޓީވީގައި ވާހަކަ ދައްކަވަމުން މިނިސްޓަރ މައުސޫމް ވިދާޅުވީ، ކައުންސިލްތައް ބާރުވެރި ކުރުވުމަކީ މި ސަރުކާރުން އެންމެ އިސްކަންދޭ ކަންތައް ކަމަށެވެ. ނަމަވެސް ކުރިން ކައުންސިލްތަކަށް ބާރު ދީފައި އޮންނަނީ މޮހޮނަށް އޮޑިދޭ ގޮތަށް ކަމަށް މައުސޫމް ވިދާޅުވިއެވެ.

"ރައީސް ޞާލިޙް ބޭނުންފުޅުވަނީ ރަނގަޅަށް އެވެރިންނަށް ކަންތައް ކުރެވޭގޮތަށް ބާރު ދޭން. އެހެންވީމަ މި ބަދަލާ އެއްކޮށް ރަށްރަށުގައި ލޭންޑް ޔޫޒް ޕްލޭންގައި ފަތުރުވެރިކަމަށް ކަނޑައަޅާ ތަންތަން އެ ކައުންސިލުން ބިޑްކޮށްލެވޭނެ. އެއީ ނޫންތޯ ބާރުވެރި ކުރުވުމަކީ. އެ ބިމުން ލިބޭ ފައިސާ ސީދާ ކައުންސިލަށް ލިބޭނެ." މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ، ދިވެހި ރާއްޖޭގެ ރަށްތަކަކީ ރަން ކަމަށާއި ނަމަވެސް އަޅާނުލައި ދޫކޮށްލައިފިނަމަ ރަންގަނޑެކޭ ހިލަގަނޑެކޭ ވާނީ އެއްވަރު ކަމަށެވެ. މިހާރުވެސް ފަތުރުވެރިކަމުގެ މަސައްކަތަށް ދޫކޮށް ގާވެފައިއޮތް 85 ރަށް އޮތްކަމަށާއި، ނަމަވެސް އެ ރަން ބޭނުންނުކޮށް ބާއްވާބާއްވާ ގާވެފައިވާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ، ފަތުރުވެރިކަމުގެ ޤާނޫނަށް ގެންނަ ބަދަލުތަކާ އެއްކޮށް މި ރަށްތައް ރަނަށް ބަދަލުކުރުމަށް ޖާގަ ދޭނެ ކަމަށެވެ. މިހާރު އެރަށްތައް އޮތް ގޮތުން ދަޢުލަތަށް ޢާމްދަނީއެއް ނުލިބޭ ކަމަށާއި، ރައްޔިތަކަށް ވަޒީފާއެއް ނުލިބުމުގެ އިތުރުން ކައިރި ރަށަކަށްވެސް އެ ރަށުގެ ސަބަބުން ފައިދާއެއް ވެސް ނުވާ ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު


-2

ޢަލީ

27-Nov-2020

މިސަރުކާރުން މާގޯސްކޮށް ކަންކަން ކުރަނީ އޮޅުވާލަން ނޫޅުއްވާ



ޓްރެންޑިން