އިދިކޮޅު ޕީޕީއެމްއާއި ޕީއެންސީ ކޯލިޝަނުން ބޭއްވުމަށް ހަމަޖެހިފައިވާ މުޒާހަރާ އާއި ގުޅިގެން ލީޑާޝިޕްގެ ބައެއް ބޭފުޅުން މިއަދު ފުލުހަށް ހާޒިރުކޮށް މުޒާހަރާ ކުރިއަށް ނުގެންދަން އެންގި ނަމަވެސް އެ ހަރަކާތް ކުރިއަށް ގެންދާނެ ކަމަށް އަންގައިފައިވާނެ ކަމަށް ޕީޕިއެމްގެ ނާއިބް ރައީސް އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
ފުލުހުންގެ އެންގުމަށް ޕީޕީއެމްގެ ނައިބު ރައީސް، ނައިފަރު ދާއިރާގެ މެންބަރު އަހްމަދު ޝިޔާމާއި ޕީއެންސީގެ ނައިބު ރައީސް މުހައްމަދު ނިމާލް މިއަދު ވަނީ ފުލުހުންގެ އިދާރާ އަށް ހާޒިރުވެ ވަޑައިގެންފައެވެ. ފުލުހަށް ހާޒިރުވުމަށްފަހު އިސްކަންދަރު ކޮށި ކުރިމަތީގައި ނޫސްވެރިންނާ ބައްދަލު ކުރައްވައި ވާހަކަ ދައްކަވަމުން ޝިޔާމް ވިދާޅުވީ ފުލުހަށް ހާޒިރުކުރީ އަންނަ ހޮނިހިރު ދުވަހު މުޅި ރާއްޖޭގައި ކުރުމަށް އިދިކޮޅު ކޯލިޝަނުން ރާވާފައިވާ މުޒާހަރާއާ ގުޅޭ ގޮތުން ސުވާލުކުރުމަށް ކަމަށެވެ.
އެގޮތުން އެއްވެ އުޅުމުގެ ގާނޫނުގައި އޮންނަ ގޮތުން ކުރިއަށް ހުއްދަ ނުހޯދައި އެއްނުވެވޭނެ ކަމަށާއި، އެޗްޕީއޭގެ ގައިޑްލައިންތަކާ ހިޔާފަށް އެއްވުން ކުރިއަށް ނުގެންދެވޭނެ ކަމަށް ފުލުހުން އެންގެވި ކަމަށް ޝިޔާމް ވިދާޅުވިއެވެ. އެކަމަކު ސަރުކާރުން ކެމްޕޭން ހަރަކާތްތައް ހިންގާއިރު ނުހުއްޓުވާނަމަ އިދިކޮޅު ހަރަކާތްތައް ވެސް ކުރިއަށް ދާނެކަން ފުލުހުންނަށް އަންގާފައިވާނެ ކަމަށް ޝިޔާމް ވިދާޅުވިއެވެ.
އަންނަ ހޮނިހިރު ދުވަހަށް އިދިކޮޅު ކޯލިޝަންގެ ލީޑަރު، ކުރީގެ ރައީސް އަބްދުﷲ ޔާމީން ޖަލަށް ލިތާ އަހަރު ދުވަސް ވާނެއެވެ. މަނީ ލޯންޑަރިންގެ ކުށުގެ ދައުވާ އެމަނިކުފާނުގެ މައްޗަށް ސާބިތުވެއްޖެ ކަމަށް ކަނޑައަޅައި ފަސް އަހަރުގެ ޖަލު ހުކުމެއް އިއްވީ 2019 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 28 ވަނަ ދުވަހުއެވެ.
ރައީސް ޔާމީން މައްޗަށް އިތުރު ދެ ދައުވާއެއް ވެސް އުފުލާފައިވާއިރު މި ދައުވާތަކުގެ ޝަރީއަތް ވެސް ކްރިމިނަލް ކޯޓުގައި މިހާރު ވަނީ ފަށާފައެވެ. ކްރިމިނަލް ކޯޓުން ރައީސް ޔާމިންގެ މައްޗަށް އިއްވާފައިވާ 5 އަހަރުގެ ޖަލު ހުކުމް ހައި ކޯޓުގައި އިސްތިއުނާފް ކޮށްފައިވާއިރު، އިސްތިއުނާފް ޝަރީއަތްތައް މަޑުޖެހިފައިވާތީ އިދިކޮޅު ކޯލިޝަނުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު