ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް މިއަދު ބޯކޮށް ވާރޭ ވެހޭނެކަމަށް ލަފާކޮށް މެޓް އޮފީހުން ހުދުސަމާލު ނެރެފިއެވެ.
މެޓް އޮފީހުން މިއަދު ހަވީރު 5:00 ން މިރޭ 10:00 އަށް މާލޭގެ ހުރިހާ ސަރަހައްދަކަށް ބޯކޮށް ވާރޭވެހޭނެ ކަމަށް ވަނީ ލަފާކޮށްފައެވެ.
ބޯކޮށް ވާރޭ ވެހުމާއިއެކު ގުގުރާނެކަމަށްވެސް ވަނީ ލަފާކޮށްފައެވެ. އަދި ބޯކޮށް ވާރޭ ވެހޭވަގުތު ކަނޑު ގަދަވުން އެކަށީގެންވާކަމަށް މެޓް އޮފީހުން ބުނެއެވެ.
މިއަދު ބޯކޮށް ވާރޭ ވެހޭނެ ކަމަށް މެޓުން ލަފާކޮށްފައި ވާއިރު، އިހުސާސް ކުރެވޭ ހޫނުމިން މިއަދު ހުރީ 27.3 ޑިގްރީ ސެލްޝިއަސްގައި ކަމަށް މޫސުމާބެހޭ ގައުމީ އިދާރާއިން ހާމަކޮށްފައިވެއެވެ.

Alert white for heavy rain and thunderstorms extended. pic.twitter.com/Y38je2vg2i
— Maldives Meteorology (@MetMaldives) May 8, 2024
ބޯކޮށް ވާރޭ ވެހުމާއިއެކު ގުގުރާނެކަމަށްވެސް ވަނީ ލަފާކޮށްފައެވެ. އަދި ބޯކޮށް ވާރޭ ވެހޭވަގުތު ކަނޑު ގަދަވުން އެކަށީގެންވާކަމަށް މެޓް އޮފީހުން ބުނެއެވެ.
މިއަދު ބޯކޮށް ވާރޭ ވެހޭނެ ކަމަށް މެޓުން ލަފާކޮށްފައި ވާއިރު، އިހުސާސް ކުރެވޭ ހޫނުމިން މިއަދު ހުރީ 27.3 ޑިގްރީ ސެލްޝިއަސްގައި ކަމަށް މޫސުމާބެހޭ ގައުމީ އިދާރާއިން ހާމަކޮށްފައިވެއެވެ.
ކިޔުންތެރިންގެ ހިޔާލު