ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫ ކައުންސިލަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ކެރޭނެއް ހަދިޔާކޮށްފިއެވެ.
މިއަދު އިހަވަންދޫ ބަނދަރު ސަރަހައްދުގައި އޮތް ރަސްމިއްޔާތެއްގައި އެ ރަށު ކައުންސިލަށް ކެރޭނު ހަވާލުކޮށްދެއްވީ އެމްޕީއެލްގެ ސީ.އީ.އޯ މުޙައްމަދު ވަޖީހް އިބްރާހިމެވެ.
އެމްޕީއެލްއިން ހަދިޔާކުރި މި ކެރޭނާއި އިހަވަންދޫ ކައުންސިލްގެ ފަރާތުން ހަވާލުވީ އެކައުންސިލްގެ ރައީސް، އަހުމަދު ޞަބާޙެވެ.
އެމްޕީއެލްއިން އިން އިހަވަންދޫ ކައުންސިލަށް ހަދިޔާ ކުރީ "KOBELCO" ބްރޭންޑްގެ 25 ޓަނުގެ ކެރޭނެއް ކަމަށް އެމްޕީއެލްއިން ވަނީ ބުނެފައެވެ. އެ ކުންފުނިން ބުނީ މިއީ އިހަވަންދޫ ކައުންސިލްގެ އެދުމަކަށް އެކުންފުނިން އެ ކައުންސިލަށް ހަދިޔާކުރި ކެރޭނެއް ކަމަށެވެ.
ކެރޭނު ހަވާލުކުރި ހަފްލާގައި އެމްޕީއެލްގެ ސީއީއޯ ވަޖީހް ވިދާޅުވީ، ކައުންސިލްތަކުން އެދޭ ކަންތައްތައް އެމް.ޕީ.އެލްގެ އިޖުތިމާއީ ޒިންމާގެ ދަށުން ފުރިހަމަކޮށްދިނުމަށް މަސައްކަތްކުރާ ކަމަށެވެ.
އިހަވަންދޫ ކައުންސިލްގެ ރައީސް ވަނީ ކެރޭނެއް ހޯދުމަށް އިހަވަންދޫ ކައުންސިލުން އެދެމުން، އެމްޕީއެލް އިން ވަރަށް އަވަހަށް އެކަން ފުރިހަމަކޮށްދީފައިވާކަން ފާހަގަ ކުރައްވައި، އެކަމަށް އެމްޕީއެލް އަށް ޝުކުރު އަދާކުރައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު