މާލޭ މަގުމަތީ މީހަކު ހިނގާފައި ދަނިކޮށް އޭނާގެ ގައިމައްޗަށް ބިއްލޫރި ދޮރުފަތެއް ވެއްޓި އަނިޔާވި މައްސަލާގައި ތަހުގީގަށް ގޮންޖެހުންތަކެއް ހުރިކަމަށް ފުލުހުން ބުނެފިއެވެ.

އެ ހާދިސާގައި އަނިޔާވި މީހާއަށް އިންސާފު ހޯދައިދިނުމަށް އޭނާގެ އަނބިމީހާ ފޭސްބޫކުގައި އާންމުންގެ އެހީއަށް އެދި ވަނީ ޕޯސްޓެއް ކޮށްފައެވެ. އެ ޕޯސްޓްގައި ބުނެފައިވަނީ، އެ ދޮރު ވެއްޓުނު ގޭގެ ވެރިން ދަނީ އެއީ "ގުދުރަތީ" ކަމެއްކަމަށް ބުނެ އެކަމުގައި އަނިޔާވި މީހާއަށް އެހީވުމަށް ދެކޮޅު ހަދަމުން ކަމަށެވެ.

އަދި ހާދިސާގައި އަނިޔާވި މީހާގެ އެކިތަންތަނަށް ބޮޑެތި ހާނީއްކަތައް ވެފައިވާއިރު އާއިލާގެ ފަރާތުން އަނބިމީހާ ބުނެފައިވަނީ، އެކަން ތަހުގީގު ކޮށްދިނުމަށް ފުލުހުންނަށް ހުށަހެޅުމުން، އެކަން ހިނގިއިރު އެ ސަރަހައްދުގައި ތިބި މީހުން ހޯދުމަށް އާއިލާގައި ބުނެފައި ކަމަށެވެ. އެހެންކަމުން ފޭސްބޫކުގައި އަނބިމީހާ ވަނީ އެވަގުތު އެތަނުގައި ތިބި މީހުން ހޯދަން އެހީއަށް އެދިފައެވެ.

އެކަމާއި ގުޅިގެން ފުލުހުންގެ މީޑިއާ އޮފިޝަލް އަޙްމަދު ޝިފާން މިއަދު ވިދާޅުވީ، އެ އާއިލާގެ ހިތާމައިގައި ފުލުހުން ބައިވެރިވާ ކަމަށާއި ފުލުހުންގެ ފަރާތުން އެދެނީ އަވަސް ޝިފާއެއް މިންވަރުކުރެއްވުން ކަމަށެވެ.

އަދި މި މައްސަލައިގައި އާއިލާއިން މީޑިއާގައި ބުނެފައިވާގޮތަށް ފުލުހުން އެގޮތަށް ޖަވާބުދާރީ ވެފައި ނުވާނެ ކަމަށެވެ.

ނަމަވެސް، ތަހުގީގަށް ހުރި ގޮންޖެހުންތައް އާއިލާއަށް ތަފްސީލުކޮށް ކިޔައިދެވިފައިވާނެ ކަމަށާއި ފުލުހުން ދަނީ މައްސަލަ ތަހުގީގުކުރަމުން ކަމަށް ޝިފާން ވަނީ ވިދާޅުވެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން