އެމްއެމްޕީއާރުސީގެ އެމްޑީ ޠައްޔިބް މުޙައްމަދު
އެމްއެމްޕީއާރުސީގެ އެމްޑީ ޠައްޔިބް މުޙައްމަދު
ރާއްޖެއަކީ އެންމެ ރައްކާތެރި ފަތުރުވެރިކަމުގެ މަންޒިލް ކަމަށާއި، ރާއްޖޭގެ ރަށްތަށް އޮތީ މައިމޫނާ ވިދާޅުވާގޮތަށް ގައިދުރުކޮށް ކަމަށް އެމްއެމްޕީއާރުސީގެ މެނޭޖިންގ ޑިރެކްޓަރ ޠައްޔިބު މުޙައްމަދު ވިދާޅުވެއްޖެއެވެ.

ވޯލްޑް ލީޑިންގ ޑެސްޓިނޭޝަން އެވޯޑް ރާއްޖެއަށް ލިބުމާ ގުޅިގެން ޕީއެސްއެމްގައި މިއަދު ވާހަކަފުޅު ދައްކަވަމުން ޠައްޔިބް ވިދާޅުވީ، ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރު ކުރުމަށް މިހާރު އެންމެ ފަސޭހައިން ބޭނުންކުރާ އެއް ގޮތަކީ ރާއްޖޭގެ ރަށްތަށް އުފެދިފައިވާ ޖަޒީރާ ވަންތަ ގޮތް ކަމަށެވެ. އެގޮތުން ޤުދުރަތީ ގޮތުންވެސް ރާއްޖޭގެ ރަށްތަށް އުފެދިފައިވަނީ މައިމޫނާ (ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު) ވިދާޅުވާގޮތަށް ގައިދުރުކޮށް ކަމަށް އޭނާ ވިދާޅުވިއެވެ.

"އަޅުގަނޑުމެން ދެމުންގެންދާ މެސެޖަކީ ދިވެހިރާއްޖޭގެ ރަށްތައް އުފެދިފައިވާ ގޮތުގެ ވާހަކަ. މަދު ޤައުމެއް ނޫންތޯ މިހެން އޮތީ. މިއަށްވުރެ އެޑްވާންޓޭޖް ބޮޑު ޤައުމެއް ކޮބައިތޯ މިފަދަ ޙާލަތަކަށް. މައިމޫނާ ވިދާޅުވާގޮތަށް ހުރިހާ ރަށްތައް އެހުރީ. އިޖްތިމާޢީ ދުރުމިނުގަ. އެހެންވީމާ އަޅުގަނޑުމެން އެންމެ ޔުނީކް ސެލިން ޕޮއިންޓްގެ ގޮތުގައި މި ބޭނުން ކުރަނީ." ޓައްޔިބް ވިދާޅުވިއެވެ.

ޠައްޔިބް ވިދާޅުވީ ނިމިދިޔަ ހަފްތާގައި "ބަރޑް މީޑިއާ ކެމްޕޭން" ގެ ނަމުގައި ކެމްޕެއިނެއް ފަށާފައިވާ ކަމަށާއި، އެއީ 30 ޤައުމެއްގެ މީޑިއާތަކުގައި ރާއްޖެ ދައްކާލުމަށް ހިންގާ ޙަރަކާތެއްކަމަށެވެ. އަދި އެމިރޭޓްސް އާއި ޤަތަރު އެއަރވޭސް މެދުވެރިކޮށް ރާއްޖެ އިޝްތިހާރު ކުރުން އަންނަ މަހު ފެށޭނެ ކަމަށް ޠައްޔިބް ވިދާޅުވިއެވެ.

ތައްޔިބު މި މޭރުމުން ވާހަކަ ދައްކަވާފައިވާއިރު، ދުނިޔޭގެ ފަތުރުވެރިކަމުގެ ދާއިރާގައިދޭ އެންމެ ޝަރަފްވެރި އެވޯޑްކަމަށްވާ "ވޯލްޑް ލީޑިންގ ޑެސްޓިނޭޝަން" އެވޯޑް ފުރަތަމަ ފަހަރަށް ރާއްޖެއަށް ވަނީ ލިބިފައެވެ. އަދި ވޯލްޑް ޓްރެވެލް އެވޯޑްސްގެ އިންޑިއާ ސަރަހައްދުގެ 4 އެވޯޑެއް މިއަހަރު ރާއްޖެއަށް ވަނީ ލިބިފައެވެ. އޭގެތެރޭގައި ހިމެނެނީ އިންޑިއާ ކަނޑުގެ ލީޑިންގ ބީޗް ޑެސްޓިނޭޝަން، ލީޑިންގ ކްރޫޒް ޑެސްޓިނޭޝަން، ލީޑިންގ ޑެސްޓިނޭޝަން އަދި ލީޑިންގ ޑައިވް ޑެސްޓިނޭޝަންއެވެ.



ވޯލްޑް ޓްރެވެލް އެވޯޑްސްއަކީ 1993 ވަނަ އަހަރުން ފެށިގެން ދެމުން އަންނަ ދުނިޔޭގެ ފެންވަރުގައި ފާހަގަކޮށްލެވޭ އެވޯޑެކެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން