ނ. މާފަރުގައި ތަރަގީކޮށްފައިވާ ބައިނަލްއަގުވާމީ ވައިގެ ބަނދަރަށް ޖައްސާ ޖެޓްތަކުގެ އަދަދު އިތުރުވެ، އެއާޕޯޓް ފުރެމުންދާ ކަމަށް އެ އެއާޕޯޓުން ބުނެފިއެވެ.
މާފަރު އިންޓަނޭޝަނަލް އެއާޕޯޓުގެ ޖެނެރަލް މެނޭޖަރު މުމްތާޒް އަލީ ވިދާޅުވީ، އެވްރެޖް ގޮތެއްގައި 6 ނޫނީ 7 ޖެޓް ދުވާލަކު އެ އެއާޕޯޓަށް ޖައްސާ ކަމަށާއި ކުރިއަށް އޮތް ޓޫރިޒަމް ސީޒަންގައި އެ އަދަުދު އިތުރުވެގެންދާނެ ކަމަށެވެ.
އޭނާ ވިދާޅުވީ، މިހާރު ވެސް، މާފަރު އިންޓަނޭޝަނަލް އެއާޕޯޓް (އެމްއައިއޭ) އަށް ޖައްސަން 40 ޕްރައިވެޓް ޖެޓަކުން ޖާގައަށް އެދިފައިވާ ކަމަށެވެ.
އޭނާ ވިދާޅުވީ ޑިމާންޑު އިތުރުވެ، ޕާކު ކުރަން ޖާގަ ނުލިބޭތީ ބައެއް ޖެޓުތައް އައްޑޫ ގަން އިންޓަނޭޝަނަލް އެއާޕޯޓުގައި ވެސް ޕާކު ކުރަމުން ގެންދާ ކަމަށެވެ.
އަބޫދާބީ ފަންޑުން ލިބުނު ހިލޭ އެހީގައި ހަދާފައިވާ މާފަރު އެއާޕޯޓަކީ ދުނިޔޭގެ އެންމެ ބޮޑެތި މަތިންދާ ބޯޓްތައް ކަމަށްވާ އެއާބަސް އޭ 320 އާއި ބޮއިން 737 މަރުކާގެ ބޯޓު ފަހަރު ޖެއްސޭ ފެންވަރަށް 2،200 މީޓަރު ދިގު އަދި 40 މީޓަރު ފުޅާ ރަންވޭއެކު ތަރައްގީކޮށްފައިވާ ޒަމާނީ އެއާޕޯޓެކެވެ. ރަންވޭގެ އިތުރުން ޓާމިނަލް އާއި ލައުންޖެއްވެސް ހިމެނޭ ގޮތަށް މިތަން ތަރައްގީކުރަން ފެށީ ކުރީގެ ރައީސް އަބދުﷲ ޔާމިންގެ ވެރިކަމުގައެވެ.

ކިޔުންތެރިންގެ ހިޔާލު