އިންޑިއާގެ މޫސުމާބެހޭ ގައުމީ އިދާރާ
އިންޑިއާގެ މޫސުމާބެހޭ ގައުމީ އިދާރާ
ބަނގްލަދޭޝް ސަރަހައްދުގައި މިހާރު އުފެދެމުންދާ ކޮޅިގަނޑު ތޫފާނަކަށް ބަދަލުވެ، މޫސުން ގޯސްވާނެތީ ރާއްޖޭގެ އުތުރަށް މަސްވެރިކަމާއިގެން ނުނުކުތުމަށް އިންޑިއާގެ މޫސުމާބެހޭ ގައުމީ އިދާރާ އިން އިލްތިމާސްކޮށްފިއެވެ.

އެ އިދާރާއިން ބުނީ، ބުދަ ދުވަހުން ފެށިގެން ރާއްޖޭގެ އުތުރަށް މޫސުން ގޯސްވެ، ވައިގަދަވެ، ކަނޑުތައް ގަދަވާނެ ކަމަށް ލަފާކުރެވޭތީ މަސްވެރިން މަހަށް ނުނިކުތުމަށް އިލްތިމާސްކުރާ ކަމަށެވެ.

އެ ކޮޅިގަނޑު ކުރިއަށްއޮތް އެއް ދުވަހުގެ ތެރޭގައި ތޫފާނަކަށް ބަދަލުވުމުގެ ފުރުސަތު ބޮޑު ކަމަށާއި، އެ ތޫފާން އަަރައި ޑިސެމްބަރު ދެ ވަނަ ދުވަހު އެ ތޫފާން ދަތުރު ކުރާނެ ކަމަށް ބެލެވެނީ ދެކުނު ޓަމިލް ނެޑޫ ކަނޑަށް ކަމަށް އިންޑިއާގެ މޫސުމާބެހޭ އޮފީހުން ބުނެފައިވެއެވެ.

މިއާއެކު ޓަމިލް ނެޑޫ، ޕުޑުޗެރީ، ކަރައިކަލް، ކެރެލާ، މަހޭލަކްޝާދްވީޕް، ދެކުނު އަންދްރާ ޕްރަދޭޝް އަދި ދެކުނު ރަޔަލަސީމާއަށް މާދަމާ އިން ފެށިގެން ބުރާސްފަތި ދުވަހުގެ ނިޔަލަށް ވަރަށް ބޯކޮށް ވާރޭ ވެހޭނެ ކަމަށް އިންޑިއާ މެޓު އޮފީހުން ބުނެޏެވެ. މާދަމާ އިން ފެށިގެން ޓަމިލް ނެޑޫ އާއި ޕުޑުޗެރީ އަދި ކަރައިކަލްއަށް ވަރަށް ބޯކޮށް ވާރޭވެހުމާއެކު، ވަރަށް ބޮޑަށް ގުގުރުން ފަދަ ކަންކަން ކުރިމަތިވާނެ ކަމަށާއި، ދެކުނު ޓަމިލް ނެޑޫ އާއި ދެކުނު ކެރެލާ އަށް ބުދަ ދުވަހުން ފެށިގެން ވަރަށް ބޯކޮށް ވާރޭ ވެހޭނެ ކަމަށް ވެސް ބުންޏެވެ.

މީގެ އިތުރުން، ދެކުނު އަންދްރާ ޕްރަދޭޝް ސަރަހައްދާއި، ރަޔަލްސީމާ އާއި ލަކްޝްދްވީޕް އަށް ބުދަ ދުވަހުން ފެށިގެން ބޯކޮށް ވާރޭ ވެހުމާއި ބާރަށް ގުގުރުމާއި ވިދުން ފަދަ ކަންކަން ކުރިމަތިވާނެ ކަމަށްވެސް އިންޑިއާ މޫސުމާބެހޭ އިދާރާއިން ލަފާކޮށްފައި ވެއެވެ.

މި ސަރަހައްދުގެ ކޮޅިގަނޑުގެ ކަންކަން މޮނިޓަރ ކުރަމުންދަނީ އިންޑިއާގެ މޫސުމާބެހޭ ގައުމީ އިދާރާއިންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން