ރ. ވާދޫގެ ޑްރޯން ފޮޓޯއެއް | ޕީއެސްއެމް
ރ. ވާދޫގެ ޑްރޯން ފޮޓޯއެއް | ޕީއެސްއެމް
ރ. ވާދޫ އުތުރުކޮޅު ތުނޑީ ސަރަހައްދުގައި ތަރައްގީކުރާ ޓުއަރިޒަމް ޒޯންގެ މަސައްކަތް ނުފެށި އޮތީ ކޮވިޑް-19އިގެ ސަބަބުން ކަމަށް ވާދޫ ކައުންސިލްގެ ރައީސް ހުސައިން ޢަލީ ވިދާޅުވެއްޖެއެވެ.

"ރަސް އޮންލައިން"އާ ފޯނުން ވާހަކަދައްކަވަމުން ހުސައިން ވިދާޅުވީ، އެ މަސައްކަތް ނުފެށި ލަސްވަނީ ކޮވިޑް-19 އާ ގުޅިގެން އެ މަސައްކަތް ހަވާލުކުރި ފާލަން ހޯލްޑިންގގެ ޓީމަށް ވާދުއަށް ނުދެވިގެން ކަމަށެވެ. ހުސައިން މިހެން ވިދާޅުވީ އެ ކުންފުންޏާ ހަވާލާދެއްވަމުންނެވެ.

ވާދޫ ކައުންސިލުން މިހެން ވިދާޅުވިއިރު، މި މަސައްކަތަކީ 2016 ވަނަ އަހަރު ރައީސް އަބްދުﷲ ޔާމިންގެ ވެރިކަމުގައި ހަވާލުކުރި މަސައްކަތެކެވެ. ނަމަވެސް، ރައީސް ޔާމިންގެ ވެރިކަން ނިމުމަކަށް އައިއިރު ވެސް މަސައްކަތް އޮތީ ނުފެށިފައެވެ. އޭރު މަސައްކަތް ނުފެށި އޮތީ ޓުއަރިޒަމް މިނިސްޓްރީން ލިބެންޖެހޭ ބައެއް ހުއްދަތައް ނުލިބިގެން ކަމަށް އެނގިފައި ވެއެވެ.

އެކަމަކު، ސަރުކާރު ބަދަލުވެ، ރައީސް އިބްރާހިމް މުހައްމަދު ޞާލިހްގެ ވެރިކަމުގެ ކުރީކޮޅުގައި މިކަމުގައި ހުރި މައްސަލަތައް ހައްލުކޮށް 2019 ވަނަ އަހަރުގެ ކުރީކޮޅު މަސައްކަތް ފެށުމަށް ވަނީ ހުއްދަ ދީފައެވެ.

އަލިފުށި ދާއިރާގެ މެމްބަރު މުޙައްމަދު ރަޟީދު ހުސައިން ވެސް ވަނީ މި މަސައްކަތް ހުއްޓިފައި އޮތުމުގައި މި ސަރުކާރުގެ އެއްވެސް ދައުރެއް ނެތްކަން ޔަގީންކޮށްދެއްވާފައެވެ.

މަސައްކަތް ހުއްޓިފައި އޮންނަތާ ދެ އަހަރު ފަހުން މަސައްކަތް ފެށުމަށް ހުއްދަދީ އެކަން ސަރުކާރުން އިޢުލާންކުރި ނަމަވެސް، 2020 ވަނަ އަހަރުގެ މިހާތަނަށް އައިއިރު ވެސް މި މަސައްކަތް ފެށޭ ގޮތް ވަނީ ނުވެފައެވެ.

ހިތްގައިމު އަތިރިމައްޗަކާއި ގުދުރަތީ އެތައް ރީތިކަމެއް ލިބިފައިވާ ވާދޫ އަކީ ލޯކަލް ޓޫރިޒަމްގެ މުސްތަޤުބަލް އޮތް ރަށެއްކަމަށް ތަޖުރިބާކާރުން ވިދާޅުވެއެވެ. ވާދޫގެ މޫދުގައި ދުވަސްކޮޅުކޮޅުން ރެދަންލާ މަންޒަރަކީ ބައިނަލްއަޤުވާމީ ސަމާލުކަން ލިބިފައިވާ ހިތްގައިމު މަންޒަރެކެވެ.



ކިޔުންތެރިންގެ ހިޔާލު


0

އަރީފު

02-Dec-2020

ތިޔަ މަސައްކަތް ނުހިނގާނެ, ވރަށްސާފު ކޮވިޑްކުރިން ސިންގަޕޫރު ކުންފުންޏަކަށް ވިއްކާލަންވެސް އުޅުނު އަދި ގެއްލުނު ހަތަރު އަހަރު އިތުރުކުރަންވެސް މަސައްކަތްކުރޭ


-4

ރިޔާޒު

01-Dec-2020

އަޅަންފަށާފަ ހުރިމިސްކިތް ނުނިމިހުރި ވާހަކަ ލިޔަންވީއެއްނު..



ޓްރެންޑިން