މޫސުމާ ގުޅޭ ފޮޓޯއެއް (ފޮޓޯ: ސޯޝަލް މީޑިއާ)
މޫސުމާ ގުޅޭ ފޮޓޯއެއް (ފޮޓޯ: ސޯޝަލް މީޑިއާ)
ދެ ތޫފާނަކާ ގުޅިގެން ރާއްޖޭގެ މޫސުން ގޯސްވާނެ ކަމަށް ލަފާކުރެވޭ ކަމަށް މެޓް އޮފީހުން ބުނެފިއެވެ.

މެޓް އޮފީހުން ބުނީ، ސްރީލަންކާގެ ޓްރިންކޮމަލީގެ އިރުދެކުނުން ގާތްގަނޑަކަށް 500 ކިލޯމީޓަރު ދުރުގައި އުފެދިފައިވާ ކޮޅިގަނޑު އިތުރަށް ބާރުގަދަވެ، މާދަމާ ހަވީރުގެ ވަގުތެއްގައި ތޫފާނަކަށް ބަދަލުވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. އަދި މި ތޫފާން ދަތުރު ކުރާނީ ހުޅަނގަށް ކަމަށާއި ޑިސެމްބަރު 3 ވަނަ ދުވަހު ދެކުނު އިންޑިއާގެ އައްސޭރިފަށާ ކައިރިވާނެ ކަމަށް ލަފާ ކުރެވޭ ކަމަށް މެޓް އޮފީހުން ވަނީ ބުނެފައެވެ.

މީގެ އިތުރުން ރާއްޖޭގެ އިރުދެކުނުން، ދެކުނު އިންޑިއާ ކަނޑުގައިވެސް ކޮޅިގަނޑެއް އުފެދިފައިވާ ކަމަށާއި، އެ ކޮޅިގަނޑާ ގުޅިގެން މި މަހުގެ 3 ވަނަ ދުވަހުން ފެށިގެން ހަފްތާ ބަންދާއެއްކޮށް ރާއްޖޭގެ ސަރަޙައްދުގައި ވައިގަދަވެ ކަނޑުތައްވެސް ގަދަވާނެ ކަމަށް މެޓް އޮފީހުން ލަފާކުރެއެވެ.

މި ނިޒާމްތަކާ ގުޅިގެން ރާއްޖޭގެ މޫސުމަށް ފޯރާނެކަމަށް ބެލެވޭ އަސަރުތައް އެ އޮފީހުން ޢަމަލުކުރަމުންދާ އުޞޫލުގެ ތެރެއިން ޢާއްމު ކުރާނެ ކަމަށްވެސް މެޓް އޮފީހުގެ ބަޔާނުގައިވެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން