ހޯރަފުށީ އެއަރޕޯޓު ހުޅުވުމަށް ރައީސް ޞޯލިޙް ކުރެއްވި ދަތުރުގައި ސްކޫލް ދަރިވަރުން މަރުޙަބާ ދަންނަވަނީ
ހޯރަފުށީ އެއަރޕޯޓު ހުޅުވުމަށް ރައީސް ޞޯލިޙް ކުރެއްވި ދަތުރުގައި ސްކޫލް ދަރިވަރުން މަރުޙަބާ ދަންނަވަނީ
ސަރުކާރުގެ ވަފްދުތަކަށް މަރުޙަބާ ދެންނެވުމަށް ސްކޫލް ދަރިވަރުން ނެރުމަކީ ތަރުޙީބުދޭ ކަމެއް ނޫންކަމަށް ރައީސް އޮފީހުން ބުނެފިއެވެ.

ރައީސް އޮފީހުގެ ސްޕޯކްސްޕަރސަން އިބްރާހިމް ހޫދު ވިދާޅުވީ، ދައުލަތުގެ އިސް ވެރިން ރަށްރަށަށް ކުރައްވާ ދަތުރުފުޅުތަކުގައި މަރުޙަބާ ދެންނެވުމަށް، ރަށްރަށުގެ ސްކޫލް މަދަރުސާތަކުގެ ދަރިވަރުން، ނެރެގެން އެއްވެސް ޙަރަކާތެއް ހިންގުމަކީ، ސަރުކާރުން ތަރުޙީބުދޭ ކަމެއް ނޫން ކަމަށެވެ.

އަދި އެފަދަ އެއްވެސް ޙަރަކާތެއްގައި ސްކޫލް މަދަރުސާތަކުގެ ދަރިވަރުން ބައިވެރިކުރުމަށް، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުންވެސް އަދި ސަރުކާރުގެ އެއްވެސް ވުޒާރާއަކުން ވެސް، އެއްވެސް ރަށެއްގެ ސްކޫލް މަދަރުސާއަކަށް، އަދި އެއްވެސް ކައުންސިލަކަށްވެސް އަންގައިފައި ނުވާނެ ކަމަށް ހޫދު ވިދާޅުވިއެވެ.

އަދި މިފަދަ ޙަރަކާތްތަކުގައި، ރާއްޖޭގެ ސްކޫލް މަދަރުސާތަކުގެ ދަރިވަރުން ބައިވެރިނުކުރުމަށް، ދައުލަތުގެ ކަމާ ބެހޭ އެންމެހައި އިދާރާތަކަށް ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް އިލްތިމާސް ކުރަށްވާ ކަމަށްވެސް ހޫދު ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން