ލާމު އަތޮޅު ގަމުގެ މަތިން ނަގާފައިވާ ފޮޓޯއެއް
ލާމު އަތޮޅު ގަމުގެ މަތިން ނަގާފައިވާ ފޮޓޯއެއް
ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް، ހައްދުންމަތީ ކައްދޫ އަދި ގަމަށް ކުރައްވާ ދަތުރުފުޅެއްގައި މިއަދު މެންދުރުފަހު ފުރާވަޑައިގަންނަވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ، މި ދަތުރުފުޅުގައި މިއަދު ކައްދުއަށް ވަޑައިގެން މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސްގެ ސެންޓްރަލް އޭރިއާގެ މަރުކަޒުގައި ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ، ތަމްރީނުތަކެއްގެ ޑެމޯ ބައްލަވާލެއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި އެއަށްފަހު ލ. ގަމަށް ވަޑައިގަންނަވާ، އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވާނެ ކަމަށެވެ.

މީގެ އިތުރުން ލ. ގަމުގެ މަރުކަޒީ އިންޖީނުގެ އެއް ވިއުގައަކުން ގުޅާލުން އިފްޠިތާހުކޮށްދެއްވުމަށް ވަނީ ހަމަޖެހިފައެވެ. އަދި ގަމުގައި ތަރައްޤީކޮށްފައިވާ ޒޯން ސްޓޭޑިއަމްގެ ފުޓުބޯޅަ ދަނޑު އިފްޠިތާޙުކޮށްދެއްވުމާއި، އެ ރަށުގެ ހޮސްޕިޓަލުގައި އަލަށް ތަޢާރުފުކުރުމަށް ހަމަޖެހިފައިވާ ސީޓީ ސްކޭންގެ ޚިދުމަތް ފައްޓަވައިދެއްވުމަށް ވެސް ވަނީ ހަމަޖެހިފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން